ރާއްޖޭގެ ޚަބަރުއަރަބިދުނިޔެދުނިޔެ

ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެފައިތިބި ޔަހޫދީން ފަލަސްޠީނުގެ 10 މީހަކު ހައްޔަރުކޮށްފި

ވެސްޓް ބޭންކު، ފަލަސްޠީން

ފަލަސްތީނުގެ ވެސްޓް ބޭންކުން 10 މީހަކު އެއްރޭގެ މަތިން ޔަހޫދީ ސިފައިންގެ ހައްޔަރުގެ ދަށަށް ގެންގޮސްފިއެވެ. އެމީހުންގެ ޓްވިޓާއެކައުންޓުގައި ބުނެފައިވާގޮތުން ފަލަސްޠީނުގެ ހަތްމީހަކު ހައްޔަރުކޮށްފައިވަނީ ނާބްލުސް އިން ހަތިޔާރާއެކުގައި ކަމަށް ބުނެފައިވެއެވެ. އަދި އިތުރު ތިން މީހަކު އެއްވެސް އިންޒާރަކާއި ނުލައި ވެސްޓް ބޭންކުން ހައްޔަރުކޮށްފައިވެއެވެ.

މިހާރު އިޒުރޭލުން ކުރިއަށްގެންދާ އޮޕަރޭޝަނަކީ އެމީހުންގެ އެކި ބަހަނާތަކާއެކު ފަލަސްޠީނުގެ ޢާންމުން ހައްޔަރު ކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ފަލަސްޠީނުގެ މިނިސްޓްރީ އޮފް ޕްރިޒްން އެފެއާރޒުން ބުނާގޮތުން މިހާރުވެސް 7000 ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުގައި އެބަ ތިއްބެވެ.

އަނެއްކޮޅުން މިއަދުގެ ވަގުތެއްގައި ޣައްޒާގެ މަސްވެރިންނަށް ހަމަލާދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ގިނަ ޢަދަދެއްގެ ޣައްޒާގެ ރައްޔިތުން ދިރިއުޅުމައްޓަކައި ކުރާ މަސައްކަތަކީ މަސްވެރިކަމަށް ވެފައިވާއިރު އިޒުރޭލުގެ ނޭވީ ސިފައިން ހަތިޔާރު އެޅި ބޯޓުފަހަރުގައި ހަމަލާތައް ދެމުންދާ ކަމުގައި މަސްވެރިން ބުނެއެވެ.

މިއީ މި އަހަރު ޣައްޒާއަށް ދިން ވަރުގަދަ ހަމަލާތަކަށްފަހު ބައިނަލްއަޤުވާމީ ދުނިޔޭގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގޮތުގައި ބަލައިގަންނަމުން ދާ ދުވަސްވަރެއްގައި އެމީހުންގެ އަނިޔާވެރި ޢަމަލުތައް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމުގައި މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *