ރާއްޖޭގެ ޚަބަރު ރީކޯމޫސަ ހަވަރަށް ދީފި

ރީކޯމޫސަ ހަވަރަށް ދީފި

ރީކޯމޫސަ ހަވަރަށް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ހަވަރަށް ދީފި އެވެ.

މޫސަ ވިދާޅުވާ ގޮތުންނަމަ އޭނާ ހަވަރަށް ދީފައި ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޗެއާޕާސަން ޢަލީ ވަޙީދު ކަމަށެވެ.

ވީޓީވީގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލައާއި ގުޅުވައިގެން ކަމަށް ބުނެ އެމްޑީޕީން މާލެ ސިޓީ ހޯލްގައި ގައުމީ މަޖިލީހުގެ ބައްދަލުވެއް ބޭއްވީ ރައީސް ނަޝީދުއާއި އަލީ ވަހީދު އިސްކޮށް ހުންނަވައިގެން ބައެއް މެންބަރުން ހަވަރަށް ދިނުމަށް ކަމަށެވެ.

މޫސަ ވިދާޅުވީ ގައުމީ މަޖިލީހުގެ މި ބައްދަލުވުމުގައި އެބޭފުޅުންގެ ނަފްސަށް އަރައިގެންފައި ވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން މޫސަ އިޢުލާނު ކުރެއްވި ހަމައިން ފެށިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެ ޕާޓީގެ ފަރާާތުން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި މޫސާ މަނިކުގެ ޚިޔާލު ތަފާތު ވެފައި ވާއިރު، ނަޝީދު މަސައްކަތް ކުރައްވަނީ މޫސަ އެ ޕާޓީންވެސް ވަކިކުރުމަށް ކަމަށް ދޭހަވާފަދަ ގޮތަކަށް މޫސަވަނީ ވީޓީވީގައި ނަޝީދަށް ވަރުގަދަ ބަހުގެ ޙަމަލާ ތަކެއް ދެއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.