ދުނިޔެ ސޫރިޔާ ހަނގުރާމައިގައި 1 މިލިއަނަށްވުރެ ގިނަމީހުން ޒަޚްމްވެފައިވޭ އަދި ބަލިތައް ފެތުރެނީ: ޑަބްލިޔު.އެޗް.އޯ

ސޫރިޔާ ހަނގުރާމައިގައި 1 މިލިއަނަށްވުރެ ގިނަމީހުން ޒަޚްމްވެފައިވޭ އަދި ބަލިތައް ފެތުރެނީ: ޑަބްލިޔު.އެޗް.އޯ

ސޫރިޔާ ހަނގުރާމައިގައި 1 މިލިއަނަށްވުރެ ގިނަމީހުން ޒަޚްމްވެފައިވޭ އަދި ބަލިތައް ފެތުރެނީ: ޑަބްލިޔު.އެޗް.އޯ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަތަރު އަހަރުވެފައިވާ ސޫރިޔާ ހަނގުރާމައިގައި މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ހާމަކޮށްފިއެވެ.

ޑަބްލިޔު.އެޗް.އޯ އިން ސޫރިޔާއަށް ކަނޑައަޅާފައިހުންނަ ރެޕްރެޒެންޓޭޓިވް އެލިޒަބަތު، ވިދާޅުވީ 1 މިލިއަނަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ދެމެހެއްޓެނިވި ގޮތެއްގައި ބަލިމީހުންނަށް ބޭސް ފޯރުކޮށްނުދެވުމުގެ ސަބަބުން ބަލިތައް ފެތުރުން އިތުރުވެފައިވާ ކަމަށެވެ.

އެލިޒަބަތު އިތުރަށް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ވެކްސިންދިނުން %90 އިން %52 އަށް ދަށްވެފައިވާ ކަމަށާއި ސޫރިޔާގެ ގިނަ ރައްޔިތުން ތަކަކަށް ސާފު ބޯފެން ނުލިބި، ތަޣައްޔަރު ވެފައިވާ ފެން ބޭނުން ކުރަންޖެހުމުގެ ސަބަބުން ޓައިފޮއިޑްއާއި ހެޕަޓައިޓިސް ފަދަ ބަލިތައް ފެތުރެމުންދާ ކަމަށެވެ.

'ސޫރިޔާ ތެރޭގައި ދަތުރުކޮށްލުމުން ހަނގުރާމައިގެ ސަބަބުން ޒަޚަމްވެފައިވާ އެއް މިލިއަނަށްވުރެ ގިނަމީހުން ފެންނާނެ. މިއީ ވަރަށް ބޮޑު މައްސަލައެއް' އެލިޒަބަތު ވިދާޅުވިއެވެ.

އެލިޒަބަތު އިތުރަށް ވިދާޅުވީ ސޫރިޔާގެ ސިއްޚީ ނިޒާމުވަނީ ބޮއްސުންލާފައި ކަމަށާއި ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޕަބްލިކް ހޮސްޕިޓަލްތަކުން އެއްވެސް ވަރަކަށް ޚިދުމަތް ލިބެމުން ނުދާ ކަމަށެވެ.

އެލިޒަބަތު ވިދާޅުވީ، ސިރިންޖާއި ބޭސްއެޅުމަށް ބޭނުންކުރާ ބެންޑޭޖް ފަދަތަކެތިވެސް ބައްޝާރުގެ ސަރުކާރުން، އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ގެންދިއުމަށް ހުއްދަ ނުދޭކަމަށެވެ.

ޑަބްލިޔު.އެޗް.އޯ އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 6،500 ކުދިންނަށް ޓައިފޮއިޑް ޖެހިގެންނާއި 4،200 ކުއްޖަކަށް މީސަލްސް ޖެހިގެން ރިޕޯރޓް ކޮށްފައިވާ ވެއެވެ. އަދި ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ އުތުރުގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދެއްގައި ޓީބީ ފެތުރެމުންދާ ކަމަށާއި ނަމަވެސް ބައްޝާރުގެ ސަރުކާރުން އެސަރަހައްދަށް އެހީ ފޯރުވުން ބަންދުކޮށްފައި ވުމުގެ ސަބަބުން ބޭހާއި އެހީ ފޯރުކޮށްދެވިފައި ނުވާކަމަށް ޑަބްލިޔު.އެޗް.އޯ އިން ހާމަކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.