ރާއްޖޭގެ ޚަބަރު ދިވެހިންނަށް ޚާއްޞަ ކޮށްގެން ފުރަތަމަ ފަހަރަށް މުސްޙަފެއް ތަޢާރަފު ކުރަނީ

ދިވެހިންނަށް ޚާއްޞަ ކޮށްގެން ފުރަތަމަ ފަހަރަށް މުސްޙަފެއް ތަޢާރަފު ކުރަނީ

ދިވެހިންނަށް ޚާއްޞަ ކޮށްގެން ފުރަތަމަ ފަހަރަށް މުސްޙަފެއް ތަޢާރަފު ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަހުރެއިންގެ ޤުރުއާން ކެއަރ ސޮސައިޓީގެ އެހީތެރި ކަމާއި އެކު ދިވެހިންނަށް ޚާއްޞަ ކޮށްގެން ފުރަތަމަ ފަހަރަށް މުސްޙަފެއް ޗާޕު ކުރަން ނިންމައިފި އެވެ.

ބަހުރެއިންގެ ޤުރުއާން ކެއަރ ސޮސައިޓީގެ ފަރާތުން ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އާއި ކީރިޠި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިތުރުން ދި އިސްލާމާއި މަޙަލްދީބު ފައުންޑޭޝަނާއި މައިލް ޖަމިއްޔާ ގުޅިގެން ދިވެހިންނަށް ޚާއްޞަކޮށްގެން އަލަށް ޗާޕްކުރާ މުސްޙަފްތައް ތަޢާރަފް ކުރުން އޮންނާނީ މިރޭ އިސްލާމީ މަރުކަޒުގަ އެވެ.

މިރޭ 2045ގައި ފެށޭ ރަސްމިއްޔާތުގައި ހިޖުރީ އާ އަހަރުގެ މުނާސަބަތާއި ގުޅުވައިގެން
ދިވެހިންނަށް ޚާއްޞަ މުސްޙަފެއް ތަޢާރަފް ކުރަން ނިންމާފައިވާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަށް މި މުސްޙަފު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މިމުސްޙަފްގެ ބޭރުގަނޑު ޑިޒައިން ކޮށްފައިވަނީ ޒުވާން ދިވެހި ޑިޒައިނަރެކެވެ. އޭނާ ވިދާޅުވީ މި މުސްޙަފުގެ ބޭރުގަނޑު ޑިޒައިން ކޮށްފައި ވަނީ އާޘާރީ ދިވެހި ދީނީ ބިނާތަކުގައިވާ ކުރެހުން ތަކާއި އެއްގޮތަށް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.