ރާއްޖޭގެ ޚަބަރު ހިޖުރައިގެ މަތިވެރި ޙާދިސާގެ ޢިބުރަތުން ނަމޫނާ ދެއްކެވުމަށް ރައީސް ޔާމީން ގޮވާލައްވައިފި

ހިޖުރައިގެ މަތިވެރި ޙާދިސާގެ ޢިބުރަތުން ނަމޫނާ ދެއްކެވުމަށް ރައީސް ޔާމީން ގޮވާލައްވައިފި

ހިޖުރައިގެ މަތިވެރި ޙާދިސާގެ ޢިބުރަތުން ނަމޫނާ ދެއްކެވުމަށް ރައީސް ޔާމީން ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހިޖުރައިގެ މަތިވެރި ޙާދިސާގެ ޢިބުރަތުން ނަމޫނާ ދެއްކެވުމަށް ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ، ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިންވެސް ހަނދާންކުރަން ޖެހޭ ކަމަށެވެ.

އަދި އެކަންކަމުން ޢިބްރަތް ޙާޞިލްކޮށް، ދިވެހިންގެ މިއޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމަށް އެއްވެސް ބުރުލެއް އެރިޔަނުދީ، އެއްބައިވަންތަ ބައެއްގެ ގޮތުގައި އަބަދުވެސް ދެމިތިބުމުގެ ޢަޒުމް ކަނޑައަޅަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އިސްލާމްދީނަކީ އެކުވެރިކަމަށާއި އިންސާނީ ކަރާމާތަށް ގޮވާލާ ދީނަކަށް ވުމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެ ކަންކަމަށް އިޙްތިރާމް ކުރުމުގެ ޢަޒުމް ކަނޑައެޅުއްވުމަށް ވެސް ދިވެހި ރައްޔިތުންނަށް ރައީސް ޔާމީން ގޮވާލެއްވިއެވެ.

އަދި ދިވެހިންގެ މެދުގައި މިއޮތް އުޚުއްވަތްތެރި ކަމުގެ ގުޅުމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުވަތަ އެއްވެސް ޢަމަލެއް، އެއްވެސް ފަރާތަކުން ނުހިންގުމަށާއި، ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ މަޞްލަޙަތު ކުރިއަށް ނުނެރުއްވުމަށާއި، ހިޖުރައިގެ މަތިވެރި ހާދިސާއިން ޢިބްރަތް ލިބިގަނެ، އިސްލާމީ އުޚުއްވަތްތެރި ކަމުގެ ރިވެތި ނަމޫނާ ދެއްކެވުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ހިޖުރީ ތާރީޚުގެ ފެށުން ގުޅިފައިވަނީ، އިސްލާމީ ތާރީޚުގެ ވަރަށް ޢިބްރަތްތެރި ހާދިސާއެއް ކަމަށްވާ ކީރިތި ރަސޫލާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާއި ކަމަށާއި، ހިޖުރައިގެ މި ހާދިސާއަކީ، މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި ޤާއިމްކުރެވިފައި އޮންނަންޖެހޭ ލޯތްބާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގާތް ގުޅުން ހަނދާންކޮށްދޭ މުހިންމު ހާދިސާއެއް ކަމަށެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އަޚުވަންތަކަމުގެ ގާތް ގުޅުން ބަދަހިކުރުމަށް އިސްލާމްދީން ގޮވާލާފައިވާ މިންވަރު، ހިޖުރައިގެ ހާދިސާއިން ހަނދާނަށް ގެނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.