ދުނިޔެ ޕިޝާވަރުގެ ހަމަލާ އަފްޣާނިސްތާނުގެ ޠާލިބާނުން ކުށްވެރިކޮށްފި

ޕިޝާވަރުގެ ހަމަލާ އަފްޣާނިސްތާނުގެ ޠާލިބާނުން ކުށްވެރިކޮށްފި

ޕިޝާވަރުގެ ހަމަލާ އަފްޣާނިސްތާނުގެ ޠާލިބާނުން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

132 ކުއްޖަކާއެކު ޖުމްލަ 148 މީހަކު މަރުވި، ޕާކިސްތާނުގެ ޕިޝާވަރުގައިދިން ބޮމުގެ ހަމަލާ އަފްޣާނިސްތާނުގެ ޠާލިބާނުން ކުށްވެރިކޮށްފިއެވެ.

ދަ އިސްލާމިކް އެމިރޭޓް އޮފް ޠާލިބާންއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުށެއްނެތް ޢާއްމުންނަށް ޙަމަލާދިނުމާއި އަންހެނުންނާއި ކުޑަކުދިންނަށް ޙަމަލާ ދިނުމަކީ އިސްލާމް ދީނާއި މުޅީން ޚިލާފު ކަމެއް ކަމަށާއި މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި ޢާއްމުންނަށާއި ކުޑަކުދިންނަށް ޙަމަލާދިނުމަކީ އިސްލާމިކް އެމިރޭޓް އޮފް ޠާލިބާންއިން އިން އަބަދުވެސް ކުށްވެރި ކުރާ ކަމެއްކަމުގައި މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ތަހުރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ހަނގުރާމަވެރިންގެ ބަޔަކު، ޕާކިސްތާނުގެ ޕިޝާވަރުގައި އެގައުމުގެ ސިފައިން ހިންގާ ސްކޫލަކަށް ހަމަލާ ދިނުމުގެ ސަބަބުން 148 މީހަކު މަރުވެފައިވާ އިރު މީގެތެރޭގައި ގިނައީ ކުޑަދިންނެވެ.

ޠާލިބާނުންގެ ބައެއް ހަނގުރާމަވެރިން މިއީ އެމެރިކާ އަޑިގައި އޮވެގެން ޠާލިބާނުންގެ ނަންހުތުރު ކުރުމަށް ހިންގި ކަމެއް ގޮތުގައި ސިފަކޮށްފައިވާއިރު، މިއީ އެމެރިކާގެ ސީ.އައި.އޭ ގެ އަނިޔާވެރި ރިޕޯޓަށް ފަސް އެޅުމަށް އެމީހުން އަޑީގައި ތިބެގެން ކުރި ކަމެއްކަމަށް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.