ރާއްޖޭގެ ޚަބަރު “ވަރުބަލި” ލަފްޒު ފުލުހުންގެ ރަދީފުން ފޮހެލައިފި

“ވަރުބަލި” ލަފްޒު ފުލުހުންގެ ރަދީފުން ފޮހެލައިފި

“ވަރުބަލި” ލަފްޒު ފުލުހުންގެ ރަދީފުން ފޮހެލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“ވަރުބަލި” ލަފްޒު ފުލުހުންގެ ރަދީފުން ފޮހެލައިފި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސެން ވަޙީދު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކާގައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ބައެއް ހާލަތްތަކުގައި ފުލުހުންނާއި ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފަރާތްތައް ވަރުބަލި ކޮށްލުމުގެ ގޮތުން ނުވަތަ އުނދަގޫކޮށް ކޮންމެވެސް ކަމެއް ކޮށްލުމުގެ ގޮތުން ބައެއް ފަރާތްތަކުން މާލޭގައި ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.

އެހެން ކަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްދީ އަމާން ވެށްޓެއް ޤައިމްކުރުމުގައާއި އިންސާނީ ޚިދުމަތް ފޯރުކޮށްދީ މި ހާލަތު ބަދަލުކުރުމަށްޓަކައި ފުލުހުން މަސައްކަތްކުރަމުންދަނީ “ވަރުބަލި” މި ލަފްޒު ފުލުހުންގެ ރަދީފުން ފޮހެލައިގެން ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަރުބަލިކަމެއްނެތި ފުލުހުންގެ މަސައްކަތްތައް އަބަދުވެސް ކުރިއަށް ގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.