ރާއްޖޭގެ ޚަބަރު ފެންކެނޑުންފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅު އަޅަނީ

ފެންކެނޑުންފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅު އަޅަނީ

ފެންކެނޑުންފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅު އަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފެންކެނޑުންފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށާއި، ފެނުގެ މައްސަލަ އަށް އަވަސް ޙައްލެއް ލިބޭނެ ކަމަށް ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީއަށް ދިމާވި ހިތާމަވެރި ހާދިސާފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ.

މިފަދަ ހާލަތުގައި ހުރިހާ ރައްޔިތުންވެސް ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުމަށް ވެސް ނައިބުރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.