ފަލަސްޠީނާއި ސީރީއާ އަދި މިޞްރުގައި އިންސާނީ ޙައްޤުތަކާއި ޚިލާފަށް މަރަމުންދާ މީހުންނާމެދު މުޅި ދުނިޔެވަނީ ޖާހިލުކަމެއްގެ ތެރޭގައި ކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާން ވިދާޅުވެއްޖެއެވެ.
އިސްތަންބޫލުގައި ގައި ބޭއްވި އިންޓަނޭޝަނަލް ވޮމޭން އެންޑު ޖަސްޓިސް ސމިޓުގައި ވާހަކަ ދައްކަވަމުން ޢުރުދޫޣާން ވިދާޅުވީ ފަލަސްޠީނާ ސީރިއާގައި އަދި މިޞްރުގައި އިންސާނީ ޙައްޤުތަކާއި ޚިލާފަށް މީހުން މަރަމުންދައިރުވެސް މުޅި ދުނިޔެ އޮތީ ހަނު ހިމޭނުން ކަމަށެވެ.
"ސީރިއާގައި ތިން ލައްކައަށް ވުރެ ގިނަ ޢާއްމުން މަރާލައިފި މުޅި ދުނިޔެ އޮތީ ހަނުން" ކަމަށެވެ.
ފަލަސްޠީނުގެ މައްސަލައަށް އިޝާރަތް ކުރައްވަމުން ޢުރުދުޣާން ވިދާޅުވީ ފަލަސްޠީނުގައި އެތައް ހާސް ބަޔަކު މަރަމުން ދާއިރުވެސް ދުނިޔެ ހަނުން އޮންނަކަމަށެވެ. ޢުރުދުޣާން ވިދާޅުވީ މުޅި ދުނިޔޭގައި ދެކެވެމުން ދަނީ އިންސާނީ ޙައްޤުތަކުގެ ވާހާކަތަކެވެ. އަޑު އުފުލަމުން ދަނީ އިންސާނީ ޙައްޤުތައް ހޯދުމަށް ކަމަށެވެ. ނަމަވެސް މިމައްސަލަތަކުގައި ވާހަކަ ދައްކާ ފަރާތްތަކުން އިންސާނީ ޙައްޤުތަކާއި ޚިލާފަށް ޢަމަލުކުރަމުންދާ މީހުންނާމެދު ފިޔަވަޅު ނާޅާކަމަށެވެ.
މިޞްރުގެ މައްސަލައަށް އިޝާރާތް ކުރައްވައި ޢުރުދުޣާން ވިދާޅުވީ މިޞްރުގައި 3000 މީހުން އެއްދުވަހެއްގައި ކަތިލައި ޤަތުލުޢާއްމެއް ހިންގު އިރުވެސް ދުނިޔޭގެ ޤައުމުތަކަށް އެކަން މައްސަލައަކަށް ނުވާތީ ހައިރާންވެ ވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...