މިޞްރުގައި ޑިމޮކުރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުވި ޑރ. މުޙައްމަދު މުރުސީއަށް ތާއީދު ކުރާ 188 މީހުން މެރުމަށް މިޞްރުގެ ކޯޓަކުން އިއްޔެ ޙުކުމްކޮށްފިއެވެ.
މިޞްރުގެ ޣިއްޒާގައި ހުންނަ ޖިނާއީ ކޯޓުން މިމީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިމިވަނީ 2013 ވަނަ އަހަރު ޑރ. މުރުސީގެ ވެރިކަން "ބަޣާވާތަކުން ވައްޓާލުމަށްފަހު" އޯގަސްޓު މަހު މިޞްރުގެ ކެރެދާ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންނާއި ޢާއްމުންނައި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 12 ފުލުހަކު މަރުވި ހާދިސާއާއި ގުޅިގެންނެވެ.
ޣިއްޒާގެ ކޯޓުން މިމީހުންގެ މައްޗަށް ހުކުމް ކުރުމުގެ ކުރިން މިޞްރުގެ މުފުތީގެ ބަހެއްވަނީ ހޯދާފައެވެ.
ކެރެދާ ސަރަހައްދުގައި މިހަމަނުޖެހުންތައް ހިނގާފައިވަނީ މިޞްރުގެ ވެރިރަށް ޤާހިރާގައި ރައީސް ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށްފަހު، މިޞްރުގެ ފުލުހުން މުރުސީއަށް ތާޢީދުކުރާ އެތަށް ބަޔަކު މަރާލުމާއި ގުޅިގެން ހިންގަންފެށި ހަމަނުޖެހުންތަކާއެކުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...