ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު ކްރިމިނަލް ކޯޓަށް ޙާޒިރު ކޮށްފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައި ވަނީ ރޭ އިރު އޮއްސި 7:30 ހާއިރު އެވެ.
މި ދެބޭފުޅުން ރޭ ކްރިމިނަލް ކޯޓަށް ޙާޒިރު ކޮށް ސުވާލު ކޮށްފައި ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ ގދ. ތިނަދޫގައި ހުރި ދައުލަތުގެ ތިން އިމާރާތުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް ބައެއް މީހުން ބަންދުގައި ބަހައްޓައިގެން ހާޒިރު ކޮށްދިނުމަށް ނެރުނު އަމުރެއް ތަންފީޒު ކޮށްދީފައި ނުވާ މައްސަލައިގަ އެވެ.
ގދ ތިނަދޫގައި ހުރި ދައުލަތުގެ އިދާރާތަކުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި 89 މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...