ރާއްޖޭގެ ޚަބަރު މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީ ޚާރިޖީ ވަޒީރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފި

މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީ ޚާރިޖީ ވަޒީރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފި

މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީ ޚާރިޖީ ވަޒީރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަޖިލީހަށް ދޮގު މަޢުލޫމާތު ދީފައިވާތީ ޚާރިޖީ ވަޒީރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ޗައިނާގެ ސިލްކް ރޫޓާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވައި ޤަސްދުގައި ޤާނޫނާ ޚިލާފްވެވަޑައިގެންފައިވާ ކަމަށާއި، އެކަމަނާގެ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުގެ ޚާރިޖީ ވަޒީރު، ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމުން އެކަންކަން ސާފުކޮށް ދެއްވުމަށްޓަކައި އެކުވެރި އަވަށްޓެރި ގައުމަކުން ބަޔާން ނެރުއްވާން މެދުވެރިވުމަކީ ލަދުވެތި ކަމެއްކަމާއި އަދި ބޭރު ދުނިޔޭގައި މިރާއްޖޭގެ އަގު ވެއްޓިގެންދާ ކަމެއްކަމަށްވެސް އެމްޑީޕީން ބުނެފައި ވެއެވެ. އަދި އެކަމަކީ އެކުވެރި ދައުލަތްތަކާ ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުންތައް އިތުރަށް ޚަރާބުވެގެންދާނެ ކަމެއްކަމުގައި ވެސް އެޕާޓީން ދެކޭ ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ ޒަމާނުއްސުރެ ދިވެހި ރާއްޖެއާއިއެކު ޚާރިޖީ ގުޅުންތައް ބަދަހިވެފައިވާ އެކުވެރި އަވަށްޓެރި އިންޑިއާ އާއި ޕީޕީއެމްގެ ސަރުކާރުގެ އެންމެ މަތީ ފަންތި އާއި ދެމެދު އަނެއްކާވެސް ޚިލާފްތައް އުފެދި ގުޅުންތައް ހީނަރުވާން މެދުވެރި ވެގެންދިއުމަކީ، ދިވެހި ރައްޔިތުންނަށް ގެއްލުންތައް މެދުވެރިވުން އެކަށީގެންވާ ކަމެއް ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ ސިލްކް ރޯޑުގައި އަވައްޓެރި އިންޑިއާ އަދި ލަންކާއިންވެސް ބައިވެރިވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ޚާރިޖީ ވަޒީރުގެ ވާހަކަތައް ދޮގުކޮށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.