ރާއްޖޭގެ ޚަބަރު ސެނެހިޔަ ހޮސްޕިޓަލްގައި ލޮލުގެ ކްލިނިކެއް ހުޅުވައިފި

ސެނެހިޔަ ހޮސްޕިޓަލްގައި ލޮލުގެ ކްލިނިކެއް ހުޅުވައިފި

ސެނެހިޔަ ހޮސްޕިޓަލްގައި ލޮލުގެ ކްލިނިކެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްއެންޑީއެފް ސެނަހިޔަ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ފުޅާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ލޮލުގެ ފަރުވާދިނުމަށް ލޮލުގެ ކްލިނިކެއް ހުޅުވައިފިއެވެ.

ލޮލުގެ ކްލިނިކު ހުޅުވުމަށްޓަކައި ސެނަހިޔަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކްލިނިކް ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މިކުލިނިކުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކުޓަރުން ތިއްބަވާނެއެވެ.

އަދި މިކުލިނިކުން ލޮލުގެ ބަލިތަކަށް ފަރުވާކުރުމާއި، ލޮލުގެ ނަންބަރު ނަގައި ދިނުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

މީގެ އިތުރުން ސެނެހިޔާގައި ހުންނަ އައިކެއަރ ފިހާރައިން އައިނުު ހެއްދުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.