ޔޫތު މިނިސްޓަރުގެ ނައިބު ކަމަށް ( ޖޭފޯރ ) މުހުޞިން ޢައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވާފައިވާ ކަމަށާއި، މި މަޤާމަށް ޢައްޔަނު ކުރެއްވީ، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ފިނިފެންމާގޭ ޢަބްދުލްމުޙްސިން ޙަމީދު ކަމަށެވެ.
ޙަމީދަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ނިލަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެފްއޭއެމްގެ ނައިބު ރައީސް ކަންވެސް ޖޭފޯރ ކުރައްވާފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...