ދުވަސް ފުރައި ވިހެއުމަށްފަހު ދަރިފުޅު މަރާލައި ފޮށްޓަކަށްލީ ކަމަށް ތުހުމަތު ކުރެވޭ މީހާ، މައްސަލައިގެ ޝަރީޢަތް ނިމެންދެން ގޭބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ސެޕްޓެމްބަރ 09 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، ޝަރިޢަތް ނިމެންދެން ގޭ ބަނދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ 18 އަހަރުގެ އަންހެން މީހާގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2014 އޯގަސްޓް 11 ވަނަ ދުވަހު އެވެ.
ދުވަސް ފުރައި ވިހެއުމަށް ފަހު ތުއްތު ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ ވިހެއި ދަރިފުޅު ފެނިފައި ވަނީ މ. ސިލްވަރ ޝާކްގެއިން ކުއްޔަށް ދީފައިވާ ތިން ވަނަ ފަންގިފިލާގައި ފޮށްޓަކަށް ލާފައި އޮއްވައެވެ.
އަދި އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...