ރާއްޖޭގެ ޚަބަރު ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ ޢަރީފީ ރާއްޖެވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ ޢަރީފީ ރާއްޖެވަޑައިގެންފި

ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ ޢަރީފީ ރާއްޖެވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ މުޙައްމަދު ޢަރީފީ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ސަޢޫދީގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޢަރީފީ އަކީ މަޝްހޫރު ޢިލްމުވެރިޔާ އިބްނުބާޒްގެ ދަރިވަރެއްގެ ގޮތުގައި ވެސް މަޝްހޫރުވެފައިޥާ ޢިލްމުވެރިއެކެވެ. ޑރ ޢަރީފީ އަކީ ކިންގ ފަހުދު މިސްކިތުގެ އިމާމުގެ އިތުރުން ދުނިޔޭގެ އެންމެ މަޤްބޫލު ޝަހުޞިއްޔަތުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޢިލްމުވެރިއެއްވެސް މެއެވެ.

ޑރ ޢަރީފީ އަކީ ފަހުގެ ޓެކްނޮލޮޖީގެ ދާއިރާއިން ޢާއްމުންނަށް ދީނަށް ގޮވާލުމާއި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައިވެސް މަޝްހޫރު ޝަޚުޞިއްޔަތެކެވެ. އެގޮތުން ޑރ ޢަރީފީގެ ޓްވިޓަރ އެކައުންޓް 9 މިލިޔަނެއްހާ މީހުން ފޮލޯ ކުރަމުން ގެންދެއެވެ.

ޑރ ޢަރީފީ މިއަދު ރާއްޖެ ވަޑައިގެންނެވި ނަމަވެސް ޢަރީފީގެ ދަތުރުފުޅުގެ އެއްވެސް ތަފްޞީލެއް އިސްލާމިކް މިނިސްޓްރީން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.