ރާއްޖޭގެ ޚަބަރު ލަންކާ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުޅުވާލި ޚަބަރު ސަރުކާރުން ދޮގުކޮށްފި

ލަންކާ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުޅުވާލި ޚަބަރު ސަރުކާރުން ދޮގުކޮށްފި

ލަންކާ މަސްވެރިންނަށް ރާއްޖޭގެ ކަނޑު ހުޅުވާލި ޚަބަރު ސަރުކާރުން ދޮގުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަރަބި ކަނޑަށް ނުކުތުމަށް ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސް ކުރެވޭ ގޮތަށް ލަންކާގެ މަސްވެރިންނަށް ޢާއްމުކޮށް ހުޅުވާލައިފި ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ކޮޅުނބުގައި ބާއްވާ މޯލްޑިވްސް ސްރީލަންކާ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ ނުކުމެ، އަރަބިކަނޑަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ހަބަރަކީ ހަގީގަތާއި މުޅިން ހިލާފަށް ފަތުރަމުންދާ ދޮގު ހަބަރުތަކެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އަވައްޓެރި ޝްރީލަންކާ އާއި ރާއްޖެއާއި ދެމެދު ބާއްވަވާ ރަސްމީ ކޮންމެ ބައްދަލުވުމެއްގައި ވެސް ކަނޑު ހުރަސް ކުރުމަށް ކުރިން ހުއްދަ ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސައިދިނުމަށް އެދެމުން ދާކަމަށާއި، އެކަމަކީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށް ރާއްޖެއިން އަބަދުވެސް ބުނަމުން ގެންދާ ކަމަށެވެ.

މިއަދު ބާއްވަން އުޅޭ ބައްދަލުވުމުގައި ވެސް ސްރީލަންކާ އިން އެކަމަށް އެދި އަނެއްކާ ވެސް ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށާއި، އެކަމަށް އެދުނު ނަމަވެސް ރާއްޖޭގެ މަސްވެރިއަކަމުގެ ސިނާއަތަށް ބުރޫ އަރާ ފަދަ އެއްވެސް ކަމަކަށް ސަރުކާރުން އެއްބަސް ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.