ގަވާއިދާއި ހިލާފަށް ޕާޓީ އަށް މެންބަރުން ވެއްދުމަށް ފޯމްތަކެއް ހުށަހަޅާފައި ވާތީ ނުވަ ވަނަ ފަހަރަށް ޖުމްހޫރީ ޕާޓީ ޖޫރިމަނާ ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި މައްސަލާގައި ޖުމްހޫރީ ޕާޓީ ޖޫރިމަނާ ކޮށްފައި ވަނީ 10،000 ރުފިޔާ އިން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމަށް ޓަކައި އެ ކޮމިޝަނަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން 258 ފޯމުގައި ތަފާތު 36 ފަރާތެއްގެ އިނގިލީގެ ނިޝާން ތަކުރާރުކޮށް ޖަހައި ހުށަހަޅާފައިވާ ކަމަށްއިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އަދި މިއީ އެ ޕާޓީން މިފަދަ ކަމެއް ކުރި ނުވަ ވަނަ ފަހަރު ކަމުގައި ވާތީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ގާނޫނުގެ 48 ވަނަ މާއްދާގެ ހ.ގެ ދަށުން 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފައި ވާކަމަށް ޖުމްހޫރީ ޕާޓ*ީން ވަނީ ބުނެފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 48 ވަނަ މާއްދާގެ ހ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައި ވަނީ ޕާޓީއެއްގެ މެންބަރު ކަަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފި ނަމަ އެކަންކުރި ފަރާތެއް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...