މިދިޔަ ހަފްތާގައި މާލޭގެ އެކި ސަރަޙައްދުތައް 3400 ށްވުރެ ގިނަ ފަހަރު ބަލާ ފާސްކޮށްފިއެވެ.
އާމާން މުޖުތަމަޢުއެއް ޤާއިމްކޮށް ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތުގެ ތެރެއިން މި އޮގަސްޓް މަހުގެ ފަހުހަފްތާގައި މާލޭގެ އެކި އެކި ސަރަޙައްދުތައް 3400 ށް ވުރެ ގިނަ ފަހަރު ބަލައިފާސްކޮށްފި އެތަންތަނުގައި ހުރި ޖިނާޢީ ކުށަށް މަގުފަހިވާ ކަންކަން ނައްތާލުމުގެ މަސައްކަތް ކޮށްފިއެވެ.
މާލެތެރޭގައި އަމާންކަމާއި ރައްކާތެރިކަން ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތަށް ބަލައި ތަފާތު މީހުން ހުއްޓުވައި ބަލައި ފާސްކޮށް ކަނޑައެޅޭ ތަންތަން ބަލައިކުރަމުންދާއިރު ވޭދުވެދިޔަ ހަފްތާގައި މާލޭގެ އެކި ސަރަޙައްދުތައް 3409 ފަހަރު ބަލައިފާސްކޮށްފައިވެއެވެ. އަދި މި މުއްދަތުގައި 392 މީހަކު އެސަރަޙައްދުތަކުން ހުއްޓުވައި ބަލައިފާސްކޮށްފައިވާއިރު މި މުއްދަތުގައި 1962 މީހަކަށް ވަނީ ނަސޭހަތް ދީފައިވެއެވެ.
ވޭތުވެދިޔަ ހަފްތާތެރޭގައި މާލޭގައި ޓެރެފިކް ޗެކް ޕޮއިންޓްތައް ޤާއިމްކޮށް ގިނައަދަދެއްގެ އެއްގަމު އިންޖީނުލީ އުޅަނދު ހުއްޓުވައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ އެއްގޮތަށް ކަންކަން ފުރިހަމަކޮށްފައިހުރިތޯ ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ފުލުހުންނާ މާލޭސިޓީޣެ ފުލުހުންގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންގެ މަސައްކަތުން 3592 އުޅަނދު ވޭތުވެދިޔަ ހަފްތާގައި ބަލައިފާސްކުރިއެވެ.
ރައްކާތެރި އަމާން މުޖުތަމަޢުއެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މި މިމަސައްކަތުގެ ދަށުން، ރޭގަނޑުގެ ވަގުތުތަކުގަޢާއި ދުވާލުގެ ވަގުތުތަކުގައިވެސް ކަމެއް ނެތި މަގުމަތީގައި ތިބޭ ބައެއް މީހުންނާ ސުވާލުކޮށް ނަސޭޙަތްދީ ހަދާފައިވެއެވެ. ބަލައި ފާސްކުރަންޖެހޭ ތަންތަނާއި ވެހިކަލްތައް ބަލައި ފާސްކޮށްފައި ވެއެވެ.
ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުންނާއި މާލެ ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ޓްރެފިކް ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މިމަސައްކަތުން މާލޭގައި ރައްކާތެރި މާޙައުލެއް ޤާއިމްކޮށް މަގުތައް ތަރުތީބުކުރެވި ރައްޔިތުންނަށް އަމާންކަމާއެކު އުޅުމަށް މަގުތަނަވަސްވެގެންދެއެވެ.
މި މަސައްކަތަކީ ފުލުހުންގެ މި އަހަރުގެ ބިޒްނަސް ޕްލޭންގައިވާގޮތުގެ މަތިން ކުށްމަދުކުރުމާއި، ކުށް ހިނގިޔަ ނުދިނުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...