މިއަދުން ފެށިގެން އައިޖީއެމް ހޮސްޕިޓަލުން ދޫކުރަމުން ގެންދާނީ އީ ޕްރސްކްރިޕްޝަން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ
މިކަން ހާމަކޮށް އައިޖީއެމް ހޮސްޕިޓަލުން ބުނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ދޫކުރާ ބޭސްސިޓީ އީ ޕްރިސްކްރިޕްޝަން އަށް ބަދަލުވި ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް ބަލި މީހާގެ އަތަަށް ބޭސް ސިޓީ ދޫކުރަމުން ގެންދާނެ ކަމަށެވެ.
މުޅިން އަލަށް އައިޖީއެމް ހޮސްޕިޓަލުން މިއަދު ދޭންފެށި ޚިދުމަތާއި އެކު ޚިދުމަތް ދިނުމުގައި ކުޑަވަރެއްގެ ލަސްވުމެއް އަތުވެދާނެ ކަމަށާއި، ދާދި އަވަހަސް އެކަން ޙައްލުވާނެ ކަމަށް ވެސް އައިޖީއެމް ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އައިޖީއެމްއެޗްގެ ބޭސްސިޓީ ތަކުގައި އަތުން ލިޔުން ހުއްޓާލައި އީ ޕްރިސްކްރިޕްޝަން ދޫކުރަން ފެށުމާއި އެކު އާސަންދަ މެދުވެރިކޮށް ބޭސްސިޓީއަށް ބޭސްނެގުމުގައި ވެސް ފަސޭހަ ވެގެންދާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...