އިސްރާއީލާއި ފަލަސްޠީނުގެ ޙަމާސް ޖަމާޢަތާއި މެދު ދާއިމީ ސުލުހައިގެ މުއާހަދާއާއި ގުޅުން ހުރިން ކަންތައްތަކުގައި އެއްވެސް މުއާމަލާތެއް އަދި ކުރިއަށް ނުދާކަމަށް ޙަމާސްއިން ވިދާޅުވެއްޖެއެވެ.
ޙަމާސްގެ ސްޕޯކުޕާސަން މޫސާ ޢަބޫ މަރުޒޫޤު މީޑިއާގައި ވިދާޅުވީ ޙަމާސް އިންތިޒާރު ކުރަމުންމިދަނީ ސީސްފަޔާގެ ވާހަކަތަކާމެދު މަޝްވަރާ ކުރުމަށް ދައުވަތު ލިބޭނެ ވަގުތަކަށް ކަމަށެވެ. ނަމަވެސްހުށަހަޅާފައިވާ ކަންތައްތަކާއިމެދު މަޝްވަރާ ކުރުމަށް އަދި ދައުވަތު ލިބިފައި ނުވާކަމަށެވެ.
ލަންޑަންގައި ހިންގާ ޢަރަބި ނޫހެއް ކަމުގައި އައް ޝަރުޤު އަލްވަސަތު ނޫހުން ހަވާލާދީ ބުނެފައިވެއެވެ. "ފަލަސްޠީނުގެ ފަރާތްތަކަށް އަންގައިފިން" މިއީ ދެފަރާތުގެ މެދުގައި ދާއިމީ ޞުލުހައިގެ ވާހަކަތައް ފެށުމަށް ތާރީޚެއް ހަމަޖައްސަފިކަމަށް އެނޫހުގައި ބުނެ އެނޫހުގައި ޝާއިޢުކޮށްފައިވާ އިބާރާތްކޮޅެވެ.
އެނޫހަށް މަޢުލޫމާތު ދީފައިވާ ފަރާތާއި ހަވާލާ ދެއްވައި އެނޫހުގައި ބުނެފައިވަނީ ސީސްފަޔަރގައި ހުރި ކަންތައްތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާމެދު މަޝްވަރާ ކުރުމަށް ނުސީދާ ވާހަކަތައް މިހަފުތާގެ މެދުތެރޭގައި ފެށޭނެ ކަމަށެވެ.
ޖުލައި 8 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން އިސްވެ ޣައްޒާއަށް ދޭން ފެށި ޙަމަލާތަކުގައި ޢައްޒާގެ 2000 ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ގިނައީ ޢާއްމު ރައްޔިތުންނެވެ. އަދި މިމުއްދަތުގައި ދެވުނު ޙަމަލާތަކުގައި 11 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި 41 ހާހަށްވުރެ ގިނަ ގެޔަށް ހަމަލާ ދީފައިވެއެވެ. 152 މިސްކިތަށް ހަމަލާ ދީފައިވެއެވެ. އަދި 232 ސުކޫލުގެ އިތުރުން 33 ހަސްފަތާލަށް ޙަމަލާ ދީ ގެއްލުން ދީފައިވެއެވެ.
އިސްރާއީލުގެ މަސްދަރުތައް ބުނާގޮތުން ހަމާސްއިންވަނީ އިސްރާޢިލުގެ 60 ވުރެ ގިނަ ސިފައިންގެ އިތުރުން ހަތަރު ޢާއްމުން މަރާލަފައެވެ. ނަމަވެސް ޙަމާސްއިން ބުނަނީ އިސްރާއީލުގެ 100 އަށް ވުރެ ގިނަ ސިފައިން މަރާލައިފައިވާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...