ދުނިޔެ ހުޅަނގުގެ ޤައުމުތަކުން ގެންގުޅޭ ތަފާތު ކުރުމުގެ ސަބަބުން މުސްލިމު ޒުވާނުން "ހަރުކަށި" ޖަމާޢަތްތަކާ ގުޅޭ: ތޫނިސްގެ ނަހުދާ ޕާޓީގެ ލީޑަރު

ހުޅަނގުގެ ޤައުމުތަކުން ގެންގުޅޭ ތަފާތު ކުރުމުގެ ސަބަބުން މުސްލިމު ޒުވާނުން "ހަރުކަށި" ޖަމާޢަތްތަކާ ގުޅޭ: ތޫނިސްގެ ނަހުދާ ޕާޓީގެ ލީޑަރު

ހުޅަނގުގެ ޤައުމުތަކުން ގެންގުޅޭ ތަފާތު ކުރުމުގެ ސަބަބުން މުސްލިމު ޒުވާނުން "ހަރުކަށި" ޖަމާޢަތްތަކާ ގުޅޭ: ތޫނިސްގެ ނަހުދާ ޕާޓީގެ ލީޑަރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުޅަނގުގެ ޤައުމުތަކުން މުސްލިމުންނާ މެދު ގެންގުޅޭ ތަފާތު ކުރުމުގެ ސަބަބުން އެޤައުމުތަކުގެ މުސްލިމް ޒުވާނުން އައިއެސް ފަދަ ހަރުކަށި ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅުމަށް ހިތްވަރު ލިބޭކަމަށް ތޫނިސްގެ އިސްލާމީ ސީޔާސީ ޙަރަކާތް އައް ނަހުދާ ޙަރަކާތުގެ ލީޑަރު ޝައިޚް ރާޝިދު އަލް ޣަނޫޝީ ވިދާޅުވެއްޖެއެވެ.

ޝައިޚް ޣަނޫޝީ ވިދާޅުވި އެޤައުމުތަކުގެ މުސްލިމު ޒުވާނުން ބޮޑުވަމުން އަންނަ މުޖުތަމަޢުއިން އެޒުވާނުންނަށް ނުފޫޒު ފޯރުވައި ތަފާތު ކުރުންތައް ގެންގުޅުމުން އެފަދަ ޒުވާނުން ހަރުކަށި ޖަމާޢަތްތަކާ ގުޅުމަށް މަސައްކަތް ކުރާ ކަމަށެވެ.

"އެޒުވާނުންގެ ހެދި ބޮޑުވަމުން އަންނަ މުޖުތަމަޢުތަކުން އެޒުވާނުންނަށް ފޯރުވާ ނުފޫޒާއި ގެންގުޅޭ ތަފާތު ކުރުމުގެ ސަބަބުން އެކަމަށް ޙައްލެއް އަންނާނީ އައިއެސް ފަދަ ޖަމާޢަތްތަކުގައި ބައިވެރިވެ ޙިމާޔަތް ހޯދުން ކަމަށް ދެކިގެން އެފަދަ ޖަމާޢަތްތަކާ ގުޅެމުންދޭ" ޝައިޚް ޣަނޫޝީ ވިދާޅުވިއެވެ.

ދާދިފަހުން 'ސޮފުއާން ގުރޫޕް އިންޓަލިޖެންސް ކޮންސަލްޓެންސީއިން" ޢާއްމު ކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނި ސީރިއާގެ އެކިޖަމާޢަތްތަކާ ގުޅިގެން ހަނގުރާމަ ކުރަމުންދާ ޤައުމުން ބޭރުގެ 3000 މީހުންނަކީ ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން ފުރާންސާއި އިނގިރޭސި ވިލާތާއި ޖަރުމަންގެ ރައްޔިތުން ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން ޔޫރަޕްގެ އާބާދީގައި ހިމެނޭ 19 މިލިއަން މުސްލިމުންނާ މެދު ސިފަ ކުރަމުންދަނީ އެމީހުންނަކީ އިރާޤާއި ސީރިއާގައި އުޅޭ "ހަރުކަށި ޖަމާޢަތްތަކުގެ" މުސްލިމުން ފަދަ ބައެއް ކަމުގައިކަމަށް އަނަޑަލޫ އެޖެންސީއިން ބުނެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢާއްމު ދިރިއުޅުމަށް ދަތިވާ ހިސާބަށް ކަންކަން ގޮސްފައިވެއެވެ.

މުސްލިމުންނާމެދު ޔޫރަޕާއި ހުޅަނގުން ގެންގުޅޭ ތަފާތު ކުރުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫ ތަކާއި ދަތިތަކުން ސަލާމަތް ވުމަށްޓަކައި ބައެއް މުސްލިމުން ވަނީ ޢާއްމުކޮށް ކިޔާ މުސްލިމު ނަން ނޫން އެހެން ނަމަކަށް ނަން ބަދަލުކޮށްފައިވެއެވެ.

ސުވިޑެންގައި ދިރިއުޅޭ އިރާޤުގެ މުސްލިމު އަންހެނެއް އަނަޑަލޫ އެޖެންސީއަށް ކިޔައިދީފައިވާގޮތުގައި އޭނާގެ ޢަރަބި މުސްލިމު ނަން ހުޅަނގުގެ ނަމާކައެއް ކޮށް ކިޔައި ނަން ބަދަލުކޮށްފައިވާ ކަމަށެވެ.

"އަބަދުވެސް ހިތުގައި ބިރުވެރިކަން އޮވޭ. އެބަމީހުން (ހުޅަގާއި ޔޫރަޕްގެ ޤައުމުތައް) މުސްލިމް ނަމެއް ބުނެފިއްޔާ ކަންތައްތަކުން މަހުރޫމް ކުރާނެ" އެއަންހެން މީހާ ބުންޏެވެ.

ތޫނިސްގެ ޤާނުނު ހަދާ މަޖިލީހުގައި 40 ގޮނޑި ކާމިޔާބުކޮށްފައިވާ ނަހުދާ ޕާޓީގެ ލީޑަރު ޝައިޚް ޣަނޫޝީ ވިދާޅުވީ  ޔޫރަޕާއި ހުޅަނގުގެ ޤައުމުތަކުން މުސްލިމުންނާ މެދު ގެންގުޅޭ ތަފާތު ކުރުން އެޤައުމުތަކުގެ މުސްލިމު ރައްޔިތުންނަށް ފުއްދިއްޖެ ކަމަށާއި މުޙައްމަދު ނުވަތަ އިސްލާމީ ނަން ކިޔާ މީހުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތައް އެޤައުމުތަކުގެ ރައްޔިތުން އިންތިހާއަށް ބަރުދާސްތު ކުރަމުންދާ ކަމަށެވެ.

"ހުޅަނގުގެ ޤައުމުތަކުގެ މުސްލިމު ޒުވާނުންނަށް ފެނިގެން ދަނީ އިރާޤާއި އެސރަހައްދުގެ ޤައުމުތަކަށް އެމެރިކާއާއި ހުޅަގުގެ ބައެއް ޤައުމުތަކުގެ އަސްކަރިއްޔާއިން އަރައި އެޤައުމުތައް ހަލާކުކޮށް ފުނޑުފުނޑުކޮށްފައިވާތަން.     ކުށެއް ނެތް އެތަށް ބަޔަކު މަރާފައިވަނިކޮށް. މިހެން ހެދުމުން އެޒުވާނުންގެ ލޭކެކި ހަރުކަށި ޖަމާޢަތްތަކާ ގުޅޭ" ޝައިޚް ޣަނޫޝީ ވިދާޅުވިއެވެ.

އެމެނެސްޓީ އިންޓަރނޭޝަނަލްއިން އެންމެފަހުން ޢާއްމުކޮށްފއިވާ ރިޕޯޓުގައި ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުން މުސްލިމުންނާމެދު ބޮޑެތި ތަފާތު ކުރުންތަކެއް ގެންގުޅޭކަން ފާހަގަކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.