ރާއްޖޭގެ ޚަބަރު ޣައްޒާގެ ރައްޔިތުންނަށް ދިވެހިން ހަދިޔާކުރި ފައިސާއާއި ހަވާލުވުމަށް ގަތަރު ރެޑްކްރެސެންޓްގެ ރައީސް ރާއްޖެ އަށް

ޣައްޒާގެ ރައްޔިތުންނަށް ދިވެހިން ހަދިޔާކުރި ފައިސާއާއި ހަވާލުވުމަށް ގަތަރު ރެޑްކްރެސެންޓްގެ ރައީސް ރާއްޖެ އަށް

ޣައްޒާގެ ރައްޔިތުންނަށް ދިވެހިން ހަދިޔާކުރި ފައިސާއާއި ހަވާލުވުމަށް ގަތަރު ރެޑްކްރެސެންޓްގެ ރައީސް ރާއްޖެ އަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޣައްޒާގެ ރައްޔިތުންނަށް ދިވެހިން ހަދިޔާކުރި ފައިސާއާއި ހަވާލުވުމަށް ގަތަރު ރެޑްކްރެސެންޓްގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދް ރާއްޖެ ވަޑައިގެންފިއެވެ.

މިކަމާއި ގުޅޭގޮތުން ޣައްޒާ ފަންޑް މޯލްޑިވްސް އާއި ރާއްޖޭގެ މީޑިޔާތައް ގުޅިގެން އުފައްދާފައިވާ ހެލްޕް ޣައްޒާ ޓެލެތޯންގެ ސްޓިއަރިން ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ، ޣައްޒާގެ ރައްޔިތުންނަށް ދިވެހިން ހަދިޔާކުރި ފައިސާ ވީ އެންމެ އަވަހަކަށް އޭގެ ޙައްޤުވެރިންނަށް ރައްދު ކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، މި ފައިސާއިން ޣައްޒާގެ ޙާލުގައި ޖެހުނު ފަރާތްތައް ފިޔަވާ އިތުރު ބަޔަކަށް ކަރަދު ނުކުރާނެ ކަމުގެ ޔަޤީންކަން ހޯދާފައި ވާކަމަށެވެ.

އަދި މި ފައިސާއިން ޣައްޒަގެ ރައްޔިތުންނަށް އެހީތެރި ވާއިރު، އެ އެހީގައި އެއީ ދިވެހިންގެ ފަރާތުން ލިބުނު އެހީއެއްކަން ދޭހަވާ ރަމްޒެއްގެ ގޮތުން ދިވެހި ދިދައިގެ ނިޝާން ބޭނުން ކުރެވޭނެ ކަމަށްވެސް ސްޓިއަރިން ކޮމެޓީން ބުނެފައިވެއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް ދިވެހި މީޑިއާ އިން އިސްނަގައިގެން މި މަހު 8 އަދި 9 ވަނަ ދުވަހު ބޭއްވި ޓެލެތޯނުން އެއްކުރި 22.7 މިލިއަން ރުފިޔާ އާއި ގާޒާ ފަންޑް މޯލްޑިވްސް އިން އެކުރި 6.3 މިލިއަން ރުފިޔާ އާ އެކު ޖުމްލަ 29 މިލިއަން ރުފިޔާ (1.88 މިލިއަން ޑޮލަރު) ގަތަރުގެ ރެޑް ކްރެސެންޓްގެ ރައީސް ޑރ. މުހައްމަދު ބިން ޣާނިމް އަލް މާދީދް އާއި ޙަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.