މި އަހަރުގެ ޙައްޖު މޫސުމުގައި ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމާއި ބެހޭ ޢިލްމީ ފޯރަމެއްގައި ބައިވެރި ވުމުގެ ފުރުޞަތު މުޅިން ހިލޭ ހުޅުވާލައިފިއެވެ.
އެއްދުވަހުގެ މުހުލަތަކަށް ކުރިޔަށް ގެންދާ ޢިލްމީ މި ކޯހުގައި މަޢުލޫމާތު ދެއްވާނީ ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރިން ކަމަށް މިކަން އިންތިޒާމް ކުރައްވާ ފަރާތުން މަޢުލޫމާތު ދެއްވައެވެ.
މި ކޯހުގައި ޙައްޖުގެ މަތިވެރިކަން އަދާކުރާނެ ގޮތުގެ މަޢުލޫމާތާއި، ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކުން ކުރާ ސުވާލު ތަކަށް ޖަވާބު ދެވޭނެ ކަމަށް މިކަން އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.
150 ރ ގެ ފީއަކަށް ބައިވެރި ވެވޭ މިކޯހުގައި މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިވުމުގެ ފުރުޞަތު މުޅިން ހިލޭ ލިބޭއިރު، މި ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް މިއަދުން ފެށިގެން ނަންނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ނަންނޯޓު ކުރުމުގެ ފުރުޞަތު އަންނަ މަހުގެ ފުރަތަމަ ދުވަހަށް ހަމަވާއިރު، އެއްދުވަހުގެ މި ފޯރަމް އޮންނާނީ އަންނަ މަހުގެ 6 ވާ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...