ތިރީގައި މިވަނީ އިބުރާހީމްގެ ނަމުގައި މީހަކު އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމަށް ރައްދުކޮށް އަދި ޢާއްމުު ކުރުމަށް ދިއިސްލާމަށް ފޮނުއްވާފައިވާ ޢާއްމު ސިޓީއެކެވެ
އެޑްރެހެއް ނެތް
ދިވެހި ރާއްޖެ
މުޙައްމަދު ޝަހީމު ޢަލީ ސަޢީދު އަށް އިޚްލާސްތެރި ސަލާމަކުން ވެދުން ކުރަމެވެ. އެއަށް ފަހު ދަންނަވަމެވެ. މަނިކުފާނަކީ ޢިލްމުވެރިއެކެވެ. އޭގެ އިތުރުން ޤައުމެއްގެ އެންމެ މަތީ ދެވަނަ ދަރަޖައިގެ ވެރިއެކެވެ. އެބަހީ ރަސްގެފާނު ނުވަތަ ރަޢިސުލް ޖުމުހޫރިއްޔާ ފިޔަވައި ޤައުމެއްގައި ހިމެނޭ އެންމެ މަތީދަރަޖައިގެ މަޤާމެއްގެ ވެރިއެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ރަސްގެފާނު ނުވަތަ ރައީސުލް ޖުމުހޫރިއްޔާގެ އަމުރުފުޅުތަށް ތަންފީޒުކުރެއްވުމަށް ތިއްބަވާ ޤާއިމް މަޤާމުގެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރަގަޅެވެ. ﷲ ޞުބްޙާނަހޫ ވަތަޢާލާ މީސްތަކުންގެ ތެރެއީން އެމީސްތަކުންގެ މައްޗަށް ޚިޔާރު ކުރައްވަވައި ހޮއްވަވާފައިވާ ވެރިމީހާއަށް ކިޔަންތެރިކަން އަދާކުރުމުގެ މަތިވެރިކަމަކީ ﷲ ޞުބްޙާނަހޫ ވަތަޢާލާ އަށް އުރެދުމަކަށް ނުވާ ކޮންމެ އަމުރަކަށް ކިޔަމަން ވުމަކީ އެންމެ މަތިވެރި ވާޖިބުތަކުގެ ތެރެއިން ވާޖިބެކެވެ. އެކަން އެންމެބޮޑަށް ދެނެވަޑައިގަންނަވާނެ ބޭފުޅުންނަކީ ﷲ ޞުބްޙާނަހޫ ވަތަޢާލާއަށް އެންމެ ބިރުވެތިވާނެ ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ ޢިލްމުވެރިންނެވެ. އެއީ ތިބޭފުޅުންނެވެ.
އޭ އަޚާއެވެ. މަޢާފުކުރައްވާށެވެ. އަހުރެންނަކީ ތިބާއަށް ނަޞޭޙަތް ދެވޭ ވަރުގެ މީހެއް ނޫނެވެ. އެހެންނަމަވެސް ހަދާންކޮށްދެއްވުގެ ގޮތުން ބަސް ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ މަޤާމަކަށް ވީހިނދު، މިހާރު ޢަރަބި ޖަޒީރާތަކުގައި ސަރުކާރު ތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން އެދާ ޖަމާޢަތާ ބެހޭގޮތުން މަނިކުފާނު ފާޅު ކުރައްވާފައިވާ ޚިޔާލުފުޅާއި ސިޔާސީ ގޮތުން ވިދާޅުވެފައިވާ ބަސްފުޅަށް އެއްޗެއް ދަންނަވައި ލުމަށް އަހުރެންގެ ހިތަށް އެރީއެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން އެއްޗެއްދެންނެވުމުގެ ބޭނުމެއް މިހާރަކުނެތެވެ.
ދަންނަވާލަން ބޭނުންވަނީ އައިއެސްއައިސް ޖަމާޢަތާ ބެހޭގޮތުން ފާޅުކުރައްވާފައިވާ ޚިޔާލުފުޅަށް ދަންނަވާ ދެންނެވުކެވެ. މަތީގައި ވިދާޅުވެ ދެއްވާފައިވާ ލިޔުމުގައި ވަނީއަކީ ހަމައެކަނީ މަނިކުފާނުގެ ޚިޔާލުފުޅެއްވެސް ނޫނެވެ. އެހެންނަމަވެސް ޓުވީޓު ކުރައްވާފައިވާ ބޭފުޅަކީ މަނިފާނުކަމަށް ވާތީ މަނިފާނަށް ދެންނެވުމަށް ހިތުގައި ކަނޑައެޅީއެވެ. އޭއަޚާއެވެ! ދަންނަވަމެވެ. އެމެރިކާ އިނގިރޭސި އިޒްރޭލު އަދި އދ އެއީ ކޮންބައެއްތޯއެވެ. ޢަރަބި ވެރިންނަށް އެއީ ކޮންބައެއްކަން އެނގޭހައި ދުވަހެއް ނުވޭތޯއެވެ. އެއީ ކޮން ބައެއްކަން އެނގޭވަރަށް އަދިވެސް އަނިޔާ ނުލިބޭތޯއެވެ.
ޣައްޒާ އާއި އިޒްރޭލާދެމެދު އެހިނގާ ހަނގުރާމައަށް ހަމައެކަނި ވިސްނައިލައްވާށެވެ. ހަމާސްއިން ކުރަނީ ހަނގުރާމައެވެ. އިޒްރޭލުން ހިންގަނީ ޤަތުލުޢާއްމެވެ. އެކަމަކު އދގެ ބަޔާނުގައި އޮތީ ކިކޭތޯއެވެ. އިޒްރޭލު ހަނގުރާމަކުރަނީ އަމިއްލަ ދިފާޢު ގައިކަމަށާއި، ދުނިޔޭގެ އެންމެން އިޒްރޭލަށް ޙަމްދަރުދީ ވާންޖޭނެކަމަށާއި، އެމީހުންނަކީ ނިކަމެތި ބައެއްކަމަށެވެ. މީ އދ ޖަމުޢިއްޔައިން އެބަޔަކާ ދެކޮޅަށް ނެރެފައިވާ ފަސްދޮޅަސް އެތަށް ޤަރާރަކާ ޚިލާފުވެފައިވާ އިޒްރޭލާ މެދު އެމީހުން ތިބިގޮތެވެ. މީ ދުނިޔޭގެ އެކުވެރި ދައުލަތްތަކުގެ ލާބަޔާ މަންފާއަށްޓަކައި އުފެއްދި، ދުނިޔޭގެ ހުރިހާޤައުމެއް އެޖަމުޢިއްޔާއަކަށް މަރުދީހަދާ އދގެ ޙާލަތުހުރިގޮތެވެ.
އދގެ ކޮންމެ ޙުކުމެއް ތަންފީޒުކުރުން އެޖަމުޢިއްޔާގައި ހިމެނޭ ކޮންމެ ޤައުކަށް ފަރުޟެއް ފަދައިން ވަނީ ވާޖިބު ކުރުވާފައެވެ. މިކަން ބޮޑުވި އެއްވެސް ސަރުކާރެއް ދުނިޔޭަގައި ނެތެވެ. ޢަމުދުން ޢަރަބިދުނިޔޭގައެވެ. އެމެރިކާ އިނގިރޭސިން ފެށުނީއްސުރެން އިސްލާމީ ދުނިޔެ އާއި ދެެކޮޅަށް އެމީހުން އެކިސިފަސިފައިގާ ކުރަމުންދާ ހަނގުރާމައާއި ހިންގާ ޖަރީމާ ތަކަކީ އެންމެން ހިތުދަސް އެއްޗެކެވެ. އެމީހުން ހިންގާ ހުރިހާ ޖަރީމާއެއް ހިންގަމުން ގެންދަނީ ޢަރަބި އެންމެ ބޮޑެތި ޤައުމުތަކުގެ ވެރިންނާ ގުޅިގެން ކަން މުޅި ދުނިޔެ އެބަދަނެއެވެ.
އެގޮތުން އެމީހުން އިސްލާމުންނާ ދެކޮޅަށް ޚާއްޞަކޮށް އަރަބިންނާ ދެކޮޅަށް ހިންގަމުންއައި ޒަމަންވީ ޖަރީމާތައް ޙައްދު ފަހަނައަޅައި ގޮސް ޢަރަބި ފަހަރަކު ޤައުމެއް ހަލާކުކޮށް ނިކަމެތިކޮށް އެންމެފަހުން ޢަރަބި އުންމަތް ސަލާމަތް ނުވާހިސާބަށް ދިއައިރުވެސް އެމެރިކާގެ ޢަރަބި މަދަދުޤާރުންގެ ކިބައިން އަރަބި އުންމަތް އަދި ކީއްކުރަންތޯ އިސްލާމީ އުންމަތްވެސް ސަލަމަތްކުރުމުގެ އެއްވެސް ނިޝާނެއް ނުފެނި އެހެން އޮވެ، ޢަރަބި އުންމަތް އެންމެ ފަހުނޭވައި ލައިފާނެހެން ހީވީމާ އައިއެސް އައިއެސްގެ ނަމުގައި ޢަރަބި ޖަޒީރާތަކުން ޖަމާޢަތެއް އުފައްދައި، އެ ޖަމާޢަތުން އެމެރިކާ އާއި އިޒްރޭލުގެ ޢަރަބި މަދަދުޤާރު ސަރުކާރުތަކާ ދެކޮޅަށް ހަނގުރާމަފެށީމާ އެޖަމާޢަތް ޞައްޙަ ޖަމާޢަތަކަށް ނުވުން އެއީ ކިހާވަރެއްގެ އިންސާފެއްތޯއެވެ. މިހިސާބަށް ދިޔައިމާ އެގޮތަށް އުފެދޭ ޖަމާޢަތެއްގެ ކިބައިން އަމިއްލަ ގަޔަށް ވަޅިހެރޭތަންވެސް ފެންނާނެއެވެ. ނޭކަށޭނެ އެތަށްކަމެއް ފެންނާނެއެވެ.
އިސްވެދިއަ އުންމަތްތަކާ އެއުތްމަތް ތަކުގެ ރަސޫލުބޭކަލުންނާ ދެކޮޅަށް ފަތުރާފައި ހުރި ވާހަކަތަކާއި އިއްވާފައިވާ އަޑުތަކާއި ޖައްސާފައިވާ ވައްތަރުތައް އެންމެ ބޮޑަށް އެނގި ލައްވާނެ ބޭފުޅުންނަކީ ތިބޭފުޅުންނެވެ. ހަމަޔަޤީނުން އަދުގެ ދުނިޔެއަކީ އެހުރިހާ ވައްތަރެއް ޖެއްސުމުގައި އެތަށް ގުނައެއް ކުރިއަރާފައިވާ ޒަމާނެކެވެ. ވީޑިއޯ ހެދުމާއި މަންޒަރު ކުރެހުމާއި މިކަންކަން ކުރުމުގައި ފުރާނަ ނޭޅޭފަދައެވެ. އެހެނީ ވަޞީލަތްތައްވަނީ އިންސާނާ ބުއްދި އުދުހިދާފަދަ ޙައިރާންކަމެއް ގެނެސް ދީފައެވެ. ކޮންމެއަކަސް އެޖަމާޢަތް މިހާރު އެވަނީ ޢަރަބި ވެރިންގެ ލަފުގައި ހިފޭވަރަށް އަތް ދިގުކުރެވިފައެވެ.
ދުނިޔޭގެ ހުރިހާ ޤައުމަކުން އެޖަމާޢަތަށް ވަނުމަށް އެޖަމާޢަތުން ގޮވާ ގޮވުމަށް މުޅިދުނިޔޭގެ މުސްލިމުން ވީވަރަކުން އެދަނީ އެޖަމާޢަތާ ގުޅެމުންނެވެ. އެޖަމާޢަތް ވަރުގަދަ ވީވަރަކަށް އަރަބި ވެރިން އެދަނީ އެޖަމާއަތް ބަލިކުރުމަށް އެއްކަލަ އދ އަށް މިލިޔަން މިލިޔަނުން ޑޮލަރު ދެމުންނެވެ. އެހެންވީމާ އެ ޖަމާޢަތާމެދު ގޮތެއް ކަނޑައެޅުން ތަންކޮޅެއް އަވަސް ކަމުގައި ދެކެމެވެ. އިޚްލާޞްތެރި ހިތަކުން ޝުޢޫރު ފާޅު ކުރައްވާނަމަ މުމިނުންގެ ހިތްތަކަށް ހަމަޖެހުންލިބޭއެވެ.
އަހުރެންގެ ދުޢާ އަކީ ނޭކަށޭނަ ގޮތްތަކެއް އެބައި މީހުންގެ ފަރާތުން މި ވަގުތަށް ފެނުނު ކަމުގައިވިއަސްވެސް އެޖަމާޢަތަކީ ރަގަޅު ޖަމާޢަތެއްކަމުގައި ﷲލެއްވުމެވެ.
ފާޅުކުރަން ޖެހޭ ޚިޔާލުތަކެއް ކިތަންމެ ހުރި ކަމުގައި ވިއަސްވެސް މިފަދަ މަޤާމެއްގައި ވަރަކަށް ދިގު ނުކުރެވޭނެތީވެ، ކުށެއްވާނަމަ މަޢާފަށް އެދޭޙަލުގައި މިވަގުތު ވަކިވެލަމެވެ.
ވައްސަލާމް!
ކޮމެންޓް (0)
ލޯޑް ކުރަމުން...