އެންސިސްގެ މަހުގެ އުފެއްދުން ތަކުގައި ޙަލާލް ލޯގޯ ޖެހުމަށް އެ ކުންފުންޏަށް ހަލާލް ސެޓްފިކެޓް ދޫކޮށްފި އެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް އެކުންފުނީގެ އުފެއްދުން ތަކުގައި ޙަލާލު ލޯގޯ ޖެހުމަށް އިސްލާމިކް މިނިސްޓްރީން ހަލާލް ސެޓްފިކެޓް ދޫކޮށްފައި ވާކަމަށާއި، އެންސިސް އިން އުފައްދާ އަށް ބާވަތެއްގައި ޙަލާލު ލޯގޯ ޖެހުމުގެ ހުއްދަ އެ ކުންފުންޏަށް ދޫކޮށްފައި ވާކަމަށެވެ.
އެގޮތުން އެންސިސް އަށް ހަލާލް ލޯގޯ ޖެހުމަށް ހުއްދަދީފައިވަނީ އެ ކުންފުނިން އުފައްދާ އަށް ބާވަތެއްގެ އުފެއްދުންތައް ބެލުމަށްފަހު އެ މިނިސްޓްރީން ބަލާ މިންގަނޑު ތަކަށް ފެތޭތީއާއި އެކުންފުނީގެ އުފެއްދުންތައް ބެލުމަށް ހަލާލް އެޝުއަރެންސް އޮފިސަރެއް ކަނޑައަޅާފައި ވާތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ރާއްޖޭގެ ހަތަރު ކުންފުންޏަކުން އުފައްދާ 28 ބާވަތަކަށް މިހާރު ވަނީ ހަލާލް ސެޓްފިކެޓް ދޫކޮށްފަ އެވެ. އެއީ އެންސިސް އިން އުފައްދާ އަށް ބާވަތަކާއި، ފެލިވަރުގެ ފިޝަރީޒް މޯލްޑިވްސްގެ ފަސް ބާވަތަކާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ 12 ބާވަތަކާއި އަދި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ތިން ބާވަތަކަށެވެ.
މިހާތަނަށް ޙަލާލު ލޯގޯ ޖެހުމަށް އިސްލާމިކް މިނިސްޓްރީން މުޅިންވެސް ހުއްދަ ދީފައި ވަނީ މަހުގެ އުފެއްދުން ތަކަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...