އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ )ގެ މެންބަރު ކަމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންގެ ނަމަށް ރުހުންދެއްވުމަށް މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީން ނިންމަވައިފި އެވެ.
އެގޮތުން ރައީސް ޔާމީން ފޮނުއްވި ފަސް ނަމުގެ ތެރެއިން ހަސަން ލުޠުފީއަށް 92 އިންސައްތަ މާކްސް ލިބިވަޑައިގެންނެވިއިރު، މުވައްވިޒް ރަޝީދަށް 90 އިންސައްތަ ލިބިވަޑައިގެންފައިވެއެވެ. އަދި އައިމިނަތު މިންނާއާއި، ޔަޒްމީދު މުހައްމަދަށް 88 އިންސައްތަ މާކްސް ލިބިވަޑައިގަތްއިރު ޞަފްވަތު މުހައްމަދަށް ލިބިވަޑައިގަތީ 85 އިންސައްތަ މާކުހެވެ.
އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ފަސް ބޭފުޅުންނަކީ އައްޑޫ ސިޓީ ހިތަދޫ، ރަންފަސް، ހަސަން ލުތުފީއާއި، ގދ. ތިނަދޫ، ގަޒީރާ މުއައްވިޒު ރަޝީދާއި، ނ. ހޮޅުދޫ، ބޮޑުވަޅުދޮށުގޭ، އާމިނަތު މިންނާއާއި، ގއ. ވިލިނގިލީ، ވައިޖެހޭގޭ، ޔަޒުމީދު މުހައްމަދާއި، ގދ. ވާދޫ، ސަދަންވިލާ، ސަފްވަތު މުހައްމަދެވެ
އެގާރަ މެންބަރުން ހާޒިރުވި ކޮމެޓީގެ މި ނިންމެވުން މިހާރު ވަނީ ރިޕޯޓް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ފޮނުއްވާފައެވެ.
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން 47 ފަރާތަކުން އެކަމަށް އެދި ކުރިމަތިލައްވާފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...