ރާއްޖޭގެ ޚަބަރު މިދިޔަ ހަފްތާގައި 2022 އުޅަނދު ބަލާފާސްކޮށް 1918 ފަރާތަށް ފިޔަވަޅު އަޅައިފި

މިދިޔަ ހަފްތާގައި 2022 އުޅަނދު ބަލާފާސްކޮށް 1918 ފަރާތަށް ފިޔަވަޅު އަޅައިފި

މިދިޔަ ހަފްތާގައި 2022 އުޅަނދު ބަލާފާސްކޮށް 1918 ފަރާތަށް ފިޔަވަޅު އަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފާއިތުވި ހަފްތާގައި މިދިޔަ ހަފްތާގައި 2000 އަށް ވުރެ ގިނަ އުޅަނދު ބަލާފާސްކޮށް1918 ފަރާތަށް ފިޔަވަޅު އަޅައިފިއެވެ. އެގޮތުން ޢާއްމުކޮށް ޖޫރިމަނާ ރޭޓު ކަމަށްވާ 750 ރ ގެ ރޭޓަށް ބެލިނަމަވެސް ޓްރެފިކް ފުލުހުންގެ ބުރަ މަސައްކަތުން މިދިޔަ ހަފްތާގައި އެކަނިވެސް ހަފްތާގައި ދައުލަތަށް 1.5 މިލިޔަން ރުފިޔާ ހަފްތާއަކުން ލިބޭނެއެވެ. އެހެން ނަމަވެސް ބައެއް ފަރާތްތައް 2ހާސް 3 ހާހުގެ މަތިން ޖޫރިމަނާ ކޮށްފައިވާތީ ދައުލަތަށް ލިބުނު އާމްދަނީ މިއަށްވުރެ މަތިވާނެކަމަށް ބެލެވެއެވެ.

މިދިޔަ ހަފްތާގައި ފުލުހުން ފިޔަވަޅު އެޅި އުޅަނދު ފަހަރުގެ ތަފްޞީލަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި އެއްގަމު ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ތެރެއިން 2022 އުޅަނދެއް ހިފަހައްޓާ މި އުޅަނދުތައް ހުރީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ އިމުގެ ތެރެއިންތޯ ވަނީ ފުލުހުން ބަލާ ފާސްކޮށްފައެވެ. އަދި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާ 86 މީހަކަށްވަނީ މަގުމަތިން ނަސޭޙަތް ދީފައެވެ.

މަގުމަތީގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްގެ ގޮތުގައި ހެދުމަށް ބާރުއަޅައި މާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އަހަރީ ފީ ސްޓިކާ ނެތި ނުވަތަ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވާފައިވާތީ 46 ފަރާތަކާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ވާއިރު، ރޯޑުވޯތިނެސް ނެތި ނުވަތަ މުއްދަތު ހަމަވެފައިވާ ރޯޑުވާދިނަސް ޖަގައިގެންނާ ތާރޑް ޕާރޓީ އިންޝުއަރެންސް ނެތި އުޅަނދު ދުއްވާފައިވާތީ 63 ފަރާތަކާއި ދޭތެރޭގައި ވަނީ ފިޔަވަޅު އަޅާފައެވެ.
މަގުމަތީގެ އަމާންކަން ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ލައިސަންސް ހިފާއްޓާފައި ވަނިކޮށް ނުވަތަ އަތުގައި ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން 158 ފަރާތަކާއި ދޭތެރޭގައި ފާއިތުވި ހަފްތާގައި ވަނީ ފިޔަވަޅު އަޅާފައެވެ. މީގެ އިތުރުން މުއްދަތު ހަމަވެފައިވާ ލައިސަންސް އާނުކޮށް ދުއްވާފައިވާ 10 ފަރާތަކާއިމެދުވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

މީގެ އިތުރުން މަގުމަތީގެ ޤާވާއިދުތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާ 554 ފަރާތަކަށް ޖޫރިމަނާ ސްލިޕް ދެވިފައިވާއިރު، ޤަވާއިދާ ޚިލާފަށް ވެހިކަލް ޕާރކް ކޮށްފައިވާ 1234 ވެހިކަލެއްގައިވަނީ ޤަވާއިދާ ޚިލާފަށް ޕާރކް ކޮށްގެން ޖެހޭ ސްޓިކާ ޖަހާފައެވެ. އަދި އެއްގަމު އުޅަނދު ދުއްވަމުން މުޢާސަލާތު ކުރި 17 ފަރާތަކާއި ދޭތެރޭގައި ފިޔަވަޅު އަޅާފައިވާއިރު، ޓްރެފިން ނިޝާންތަކާއި ވަންވޭ ޤާވާއިދާ ޚިލާފަށް ޢަމަލުކޮށްފައިވާ 11 ފަރާތަކާ ދޭތެރޭ ފާއިތުވެ ދިޔަ ހަފްތާގެ ތެރޭގައި ވަނީ ފިޔަވަޅު އަޅާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.