ރާއްޖޭގެ ޚަބަރު ގެއްލުނު ނޫސްވެރިޔާ ހޯދަން ސަރުކާރުން އަތްފުނާ އަޅަނީ

ގެއްލުނު ނޫސްވެރިޔާ ހޯދަން ސަރުކާރުން އަތްފުނާ އަޅަނީ

ގެއްލުނު ނޫސްވެރިޔާ ހޯދަން ސަރުކާރުން އަތްފުނާ އަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގެއްލުނު ނޫސްވެރިޔާ ހޯދަން ދިވެހި ސަރުކާރުން ބުރަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށާއި، މިކަމަކީ ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.

"މިނިވަން ނިއުސް" ގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގެއްލުނު ނޫސްވެރިޔާ ހޯދަން ސަރުކާރުން ބުރަ މަސައްކަތް ތަކެއް ކުރަމުން ގެންދާ ކަމަށާއި، އެ މަސައްކަތްތުގައި ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ

ދުންޔާ ވިދާޅުވީ ނޫސްވެރިންނާ ދެކޮޅަށް ހިންގާ ހުރިހާ ބާވަތެއްގެ އަމަލުތަކާމެދު ރާއްޖެއިން ކަންބޮޑުވާ ކަމަށާއި ނޫސްވެރިންނަކީ މުޖުތަމައު ހޭލުންތެރިކޮށްދީ ޑިމޮކްރެޓިކް މުޖުތަމައެއްގައި މުހިންމު ރޯލެއް އަދާކުރާ ބަޔަކަށްވާ އިރު ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ރާއްޖޭން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އދގެ އިންސާނީ ޙައްޤުތަކާއި ގުޅޭ އިދާރާގައި ދިވެހިރާއްޖެއިން ނޫސްވެރިންގެ ހައްގުތަކާ ގުޅޭ މުއާހަދާތަކަށް ތާއީދު ކޮށްފައި ވާކަންވެސް ޚާރިޖީ ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.