ރާއްޖޭގެ ޚަބަރު ދެ މީހުންނާއެކު އޮޔާދިޔަ ޑިންގީއެއް ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފި

ދެ މީހުންނާއެކު އޮޔާދިޔަ ޑިންގީއެއް ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފި

ދެ މީހުންނާއެކު އޮޔާދިޔަ ޑިންގީއެއް ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މ. މުލަކު ބޭރުން ދެ މީހުންނާއެކު އޮޔާދިޔަ ޑިންގީއެއް ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށް އެ ޑިންގީ މ. މުއްޔަށް ގެނެސްފި އެވެ.

ޑިންގީ އެއްގެ އިންޖީނު ހަލާކުވެގެން ދެ މީހުނާއެކު އޮޔާދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ރޭ ގާތްގަނޑަކަށް 08:30 ހާއިރުއެވެ. އެ މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް ލޯންޗްގައި ގަދަ ކަނޑަށް ނުކުމެ ގާތްގަނޑަކަށް 08:50 ހާއިރު އެ ޑިންގީ އޮތް ސަރަހައްދަށް ގޮސް ޑިންގީގައި ތިބި މީހުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ ވިއްސާރަކުރަމުންދާ ދުވަސް ވަރަކަށްވާތީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކަކުންވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚާއްޞަގޮތެއްގައި ރޭގަނޑުގެ ވަގުތު ތަކުގައި، ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރުތައް ފިޔަވައި އެހެން ކަނޑު ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހަމަކުރަންޖެހޭ އެންމެހައި ތަކެތި ހަމަކުރުމަށާއި މުވާޞަލާތީ ހުރިހާ ވަޞީލަތްތައް ބަރާބަރަށް ހަމަކޮށް، އެ ތަކެތި ރަނގަޅަށް މަސައްކަތް ކުރޭތޯ ބެލުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.