ރާއްޖޭގެ ޚަބަރު އައިލްސް އާއި އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއް ގުޅިގެން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

އައިލްސް އާއި އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއް ގުޅިގެން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

އައިލްސް އާއި އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއް ގުޅިގެން ރާއްޖޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައިލްސް އާއި އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއް ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

މިކަން ހާމަކޮށް ފުލުސް އޮފީހުން ބުނީ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާއިި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވެސްޓަރން ސިޑްނީ ގުޅިގެން ކުރިއަށް ގެންދާ އިންޓަރނޭޝަނަލް ޕޮލިސިންގ ރިސާޗް ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައި ވާކަމަށެވެ.

ދިވެހި ފުލުހުންނަށް ރާއްޖޭގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލެވޭ މި ސްކޮލަޝިޕް ކޯސް ފެށުމަށް މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޔުނިވާސިޓީ އޮފް ވެސްޓާރން ސިޑްނީ ގެ ސްކޫލް އޮފް ސޯޝަލް ސައިންސް އެންޑް ސައިކޮލޮޖީގެ ޑީން ޕްރޮފެސަރ ކެވިން ޑަން އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮފެސަރ ޑަން ދެއްކެވި ވާހަކަފުޅުގައި މި ފެށޭ ރިސާޗް ޕްރޮގްރާމުގެ ސަބަބުން ދިވެހި ފުލުހުންނަށް އޮސްޓްރޭލިއާގެ ކަމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންގެ ފަރާތުން އިންޓަރނޭޝަނަލް ޕޮލިސިންއާއި ބެހޭ ގިނަ މަޢުލޫމާތާއި ތަޖުރިބާ ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ. އަދި އެ ޔުނިވާސިޓީ ވެސްޓަރން ސިޑްނީ އަކީ 15 އަހަރުގެ ތަޖުރިބާއާއިއެކު ފުލުހުންނަށް ތަފާތު ސްކޮލަޝިޕްތަކެއް ހިންގަމުންދާ ތަނެއްކަމަށާއި މިހާރުވެސް 1000 އަށްވުރެ ގިނަ ދަރިވަރުން މި ޕްރޮގްރާމުތަކުގައި ކިޔަވަމުންދާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފުލުހުން ދެމުންދާ ޚިދުމަތަކީ ރަގަޅު ޚިދުމަތަކަށް ހަދައި ރަގަޅު ޚިދުމަތެއް ދިނުމަށް މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ މުހިންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ދެއްކެވި ވާހަކަފުޅުގައި އިންޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އަކީ ބައިނަލް އަޤްވާމީ ފެންވަރުގައި ތަމްރީނު ދޭ އިންސްޓިއުޓަކަށް ހެދުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި ފުރިހަމައަށް ތަމްރީން ވެފައިވާ ފުލުހުންގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ކުރިއެރުން ލިބިގެންދާނެކަމަށާއި ޤައުމަށް ހެޔޮބަދަލު އަންނާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ޔުނިވާސިޓީ އޮފް ވެސްޓަރން ސިޑްނީ ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.

އިންޓަރނޭޝަނަލް ޕޮލިސިންގ ރިސާޗް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފުލުހުންނަށް ހުޅުވާލެވިފައިވާއިރު މި ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.