ރާއްޖޭގެ ޚަބަރު އެސްއެމްއެސް މެދުވެރިކޮށް ހެލްޕް ޣައްޒާ ފަންޑަށް އެހީވެވޭނެގޮތް ހަދައިފި

އެސްއެމްއެސް މެދުވެރިކޮށް ހެލްޕް ޣައްޒާ ފަންޑަށް އެހީވެވޭނެގޮތް ހަދައިފި

އެސްއެމްއެސް މެދުވެރިކޮށް ހެލްޕް ޣައްޒާ ފަންޑަށް އެހީވެވޭނެގޮތް ހަދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްރާއިލުގެ ޓެރަރިސްޓް ހަމަލާތަކުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނަށް އެހީވުމަށްޓަކައި ހުޅުވައިފައިވާ ޣައްޒާ ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް އެހީވެވޭނެ ފުރުސަތު ހުޅުވާލައިފިއެވެ

.

މިފުރުސަތު ހުޅުވާލައިފައިވަނީ ދިވެހިރާއްޖޭގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ދެކުންފުނި ކަމަށްވާ ދިރާގު އަދި އުރީދޫ އިންނެވެ.

ދިރާގު ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެއްފަހަރާ ހަދިޔާކުރެވެނީ 20ރ. އާއި 50ރ. އަދި 100 ރުފިޔާއެވެ. ދިރާގު ކަސްޓަމަރުން ފަންޑަށް ފައިސާގެ އެހީވުމަށްޓަކައި އެސްއެމްއެސް ކުރައްވަން ޖެހޭ ގޮތަކީ، “HG”  ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ ހަދިޔާ ކުރައްވަން ބޭނުންވާ ފައިސާގެ އަދަދު  (20، 50 ނުވަތަ 100) ޖައްސަވާ 505 އެސްއެމްއެސް ކުރައްވާނީއެވެ.

 

އުރީދޫ ކަސްޓަމަރުންނަށްވެސް ޣައްޒާ ފަންޑަށް ޖަމާކުރެވޭ ގޮތަށް ހަމަޖައްސައިފައިވަނީ 20ރ. އާއި 50ރ. އަދި 100 ރުފިޔާގެ އަދަދުތަކެވެ. އަދި އެސްއެމްއެސް ކުރައްވަންޖެހޭ ނަންބަރަކީވެސް 505 ކެވެ.

ޣައްޒާއަށް އެހީވުމަށްޓަކައި ރާއްޖޭގައި ހުޅުވި ފަންޑު ފޮއްޓަށް މިހާތަނަށްވަނީ 11 މިލިއަނަށްވުރެ ގިން ރުފިޔާ ލިބިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.