ރާއްޖޭގެ ޚަބަރު ކުރިނބީގައި 4 ގަޑިއިރުން 10،234 ރުފިޔާ ޣައްޒާ ފަންޑަށް

ކުރިނބީގައި 4 ގަޑިއިރުން 10،234 ރުފިޔާ ޣައްޒާ ފަންޑަށް

ކުރިނބީގައި 4 ގަޑިއިރުން 10،234 ރުފިޔާ ޣައްޒާ ފަންޑަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިނބީ ސުކޫލުގައި މިއަދު ބެހެއްޓި ފަންޑު ފޮއްޓަށް 4 ގަޑިއިރުތެރޭ 10،234 ރުފިޔާ ޖަމާކޮށްފިއެވެ.

މިފަންޑު ފޮއްޓަކީ އެޑިޔުކޭޝަން މިނިސްޓްރީން ހުރިހާ ސުކޫލުތަކަކަށް އެންގި އެންގުމާއި ގުޅިގެން ހުރިހާ ސުކޫލުތަކަކުން އެއްވަގުތެއްގައި ހުޅުވި ފަންޑް ފޮއްޓެކެވެ.

މިފަންޑުފޮށި ހުޅުވައިފައިވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ. އަދި ފަންޑްފޮށި ބަންދުކޮށްފައިވަނީ މިއަދު ހަވީރު 6:00 ގައެވެ. ފަންޑް ފޮއްޓަށް ގިނަ އަދަދެއްގެ ސުކޫލުކުދިންނާއި ބެލެނިވެރިންގެ އިތުރުން ކުރިނބީގައި ދިރިއުޅެމުންއަންނަ ފަރާތްތަކުން ފައިސާގެ އެހީވެފައި ވެއެވެ. އަދި ކުރިނބީ ސުކޫލުގެ މުއައްޒަފުންވަނީ އެ މުއައްޒަފުންގެ އެއްދުވަހުގެ މުސާރަ ފަންޑު ފޮއްޓަށް ހަދިޔާ ކޮށްފައެވެ.

މިފަންޑް ޖަމާކުރުމަށް ހަމަޖެހިފައިވަނީ އެޑިޔުކޭޝަނުން އަންގާ އެކައުންޓަކަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.