ދުނިޔެ ހޮސްޕިޓަލަކަށް ޙަމަލާދީ ގިނަ ޢަދަދެއްގެ ކުޑަކުދިން މަރާލުމަށްފަހު ދޮގު ހަދައިފި

ހޮސްޕިޓަލަކަށް ޙަމަލާދީ ގިނަ ޢަދަދެއްގެ ކުޑަކުދިން މަރާލުމަށްފަހު ދޮގު ހަދައިފި

ހޮސްޕިޓަލަކަށް ޙަމަލާދީ ގިނަ ޢަދަދެއްގެ ކުޑަކުދިން މަރާލުމަށްފަހު ދޮގު ހަދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޔަހޫދީ އަނިޔާވެރި އިޒްރާހެލުން ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮވެ އެ ޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޤަޠުލު ޢާއްމުގައި އިއްޔެ ވެސް ހޮސްޕިޓަލަކަށް ޙަމަލާދީ ގިނަ ޢަދަދެއްގެ ކުޑަކުދިން މަރާލުމަށްފަހު ދޮގު ހަދައިފިއެވެ.

ޣައްޒާގެ މައި ހޮސްޕިޓަލަށް ޔަހޫދީ ބޯޓު ތަކުން ބޮން އަޅައި ބޮޑެތި ގެއްލުންތައް ދިނުމަށްފަހު ޔަހޫދީ ސިފައިން ވަނީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބާ ފާހަގަ ކުރުމަށް ރެފިޔުޖީ ކޭމްޕެއްގައި ކުޅެން ތިބި ކުދިން ތަކަކަށް ޙަމަލާދީ ގިނަ ޢަދަދެއްގެ ކުދިންތަކެއް މަރާލާފުމަށްފަހު ޔަހޫދީ ދޮގުވެރިން ބުނެފައި ވަނީ އެ ހަމަލާތައް ދިނީ ޙަމާސް ޖަމާޢަތުން ކަމަށާއި، ޙަމާސުން ފޮނުވާލި ރޮކެޓްތަކެއް އަމާޒަށް ވާޞިލުނުވެ ވެއްޓުނީ ކަމުގައެވެ.

ޔަހޫދީ ދޮގުވެރިން މިހެން ބުނި ނަމަވެސް ސިއްޙީ އޮފިޝަލުން ވެސް ވަނީ ޔަހޫދީންގެ ދޮގުވެރި ވާހަކަ ތަކަށް ރައްދު ދީފައެވެ. މިޙަމަލާގައި ޝަހީދުވީ 10 ކުދިންގެ އިތުރުން ޒަޚަމްވީ އެތައް ކުދިންނަކަށް ލިބިފައިވާ އަނިޔާ ތަކަކީ ޢާއްމުކޮށް ޔަހޫދީންގެ އަނިޔާވެރި ބޮންތަކުން ލިބޭ ގެއްލުން ތައް ކަން ސިއްޙީ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

އަދި ޔަހޫދީންގެ ބޮންތަކުގައި ހުންނަ ވޭންދެނިވި ވިހަލާފައި ހުރި ދަގަނޑު ކޮޅުތައް މި ޙަމަލާގައި ޒަޚަމްވީ އަދި ޝަހީދުވީ ކުދިންގެ ހަށިގަނޑުން ފެނުނު ކަމަށް ސިއްޙީ އޮފިޝަލުން ވަނީ ބުނެފައެވެ.

މިއީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގުމަށްފަހު ޔަހޫދީ އިޒްރާހެލުން މިފަދަ ބޮޑެތި ދޮގުތައް ހެދި ފުރަތަމަ ފަހަރެއް ނޫނެވެ. އިޒްރާހެލުން މީގެ ކުރިން ވަނީ ޣައްޒާއިން ފޮނުވާލި ރޮކެޓް ޙަމަލާއެއްގައި އެ ޤައުމުގެ 100 މީހުން މަރުވެއްޖެ ކަމަށް ބުނެ ޔަހޫދީ މީޑިޔާ ސީއެންއެން އަށް ބްރޭކިން ނިޔުސް ވެސް އަރުވާފައެވެ.

މީގެ އިތުރުން ޣައްޒާގެ ގޮނޑުދޮށުގައި ބޯޅަކުޅެންތިބި ހަތަރު ކުއްޖަކަށް އަމާޒުކޮށް މިސައިލް ޙަމަލާ ތަކެއްދީ އެކުދިން ޝަހީދު ކޮށްލުމަށްފަހުވެސް އިޒްރާހެލުން ވަނީ މިފަދަ ދޮގު ބަޔާންތައް މީޑިޔާ ތަކަށް ދީފައެވެ. އެފަހަރުވެސް ބުނީ ޔަހޫދީން ޙަމަލާ ނުދޭ ކަމަށާއި، އެއީ ޙަމާސްގެ ރޮކެޓެއް އޮޅިގެން ވެއްޓިގެން ވީގޮތެއް ކަމަށެވެ.

ޔަހޫދީން ވަނީ މީގެ ކުރިން އެތައް ފަހަރަކު ހޮސްޕިޓަލު ތަކާއި ރެފިޔުޖީ ކޭމްޕު ތަކާއި މިސްކިތް ތަކާއި، ސްކޫލް ތަކާއި ޣައްޒާގެ ފެނާއި ނަރުދަމާ ނިޒާމާއި އދ އިން ހިންގާ ވަގުތީ ހިޔާތަކަށް ވެސް ޙަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްލާފައެވެ. އެހެން ކަމުން މިއީ ޔަހޫދީ ޣައްދާރުން ޤަސްޠުގައި ހިންގި ޢަމަލެއް ކަމަށް ބެލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.