ޢީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަކީ ވާޖިބު ކަމެއްކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓާރ ޑރ ޝަހީމް ވިދާޅުވީ "ޢީދު ދުވަހުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް އެންމެހައި ރައްޔިތުންނަށް ގޮވަލާލަން. ޢީދު ނަމާދުގެ ކުރިން ފުތުރު ޒަކާތް ނެރުމަކީ ވާޖިބު ކަމެއް. އެހެންކަމުން ފިތުރު ޒަކާތަކީ ހުރިހާ މުސްލިމުންގެ ފަރާތުން ނެރެންޖެހޭ އެއްޗެއް." ކަމަށެވެ.
ފިތުރު ޒަކާތް ނުދައްކާ ތިބި ފަރާތްތަކުން އަމަލު ކުރަންޖެހޭ ގޮތް ބަޔާންކުރައްވާ މިނިސްޓަރ ވިދާޅުވީ "ސަރުކާރުގެ އިދާރާތަކުން ފިތުރު ޒަކާތް ބަލައިގަތުން ހުއްޓާލައިފި ނަމަ، އަމިއްލަ ގޮތުން ވެސް އެ ޒަކާތް ދެއްކޭނެ"ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއިން ފިތުރު ޒަކާތް ނެގުން ހުއްޓާލާފައިވާއިރު އެހީ ޖަމިއްޔާ އާއި ޖަމިއްޔަތުއް ސަލަފުން ވަނީ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...