ރާއްޖޭގެ ޚަބަރު އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ބާއްވާ ހިނގާލުން މިއަދު އޮންނާނެ

އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ބާއްވާ ހިނގާލުން މިއަދު އޮންނާނެ

އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ބާއްވާ ހިނގާލުން މިއަދު އޮންނާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރުމުގެ ގޮތުން ބާއްވާ ހިނގާލުން މިއަދު އޮންނާނެއެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ބާއްވާ ހިނގާލުމުގައި ހުރިހާ އެންމެންނަށްވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއި އެކުގައިކަން އަންގައިދިނުމަކީ މިހިނގާލުމުގެ ބޭނުންކަމަށް ހިނގާލުން އިންތިޒާމް ކުރާ ޒުވާނުން ބުނެއެވެ.

ގިނަ އަދަދެއްގެ ޒުވާނުން ހަރަކާތްތެރިވާ މިހިނގާލުމުގައި ސިޔާސީ ޕާޓީތަކުންވެސް ވަނީ ރަސްމީކޮށް ބައިވެރިވުމަށް ނިންމާފައެވެ. އެހެނަސް ޕާޓީތަކުގެ ނިޝާނެވެސް އަދި ޕާޓީއެއްގެ ދިދަ ވެސް ހިނގާލުމުގައި ބޭނުން ނުކުރެވޭނެއެވެ.

“ފަލަސްތީނާއި އެކު ދިވެހިން މިނަމުގައި ބާއްވާ މިހިނގާލުން ފެށޭނީ މިރޭ 9:30 ގައި ޝޯސަލް ސެންޓަރު ކުރިމަތިން ނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.