ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް އަދާލަތު ޕާޓީ އިން ބަޔާނެއް ނެރެފިއެވެ.
މިއަދު އެޕާޓީއިން އާންމުކޮށްފައިވާ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި "ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރާއި މިސްކިތްތަކާއި ހޮސްޕިޓަލްތަކަށްވެސް އިޒްރޭލުގެ ހަމަލާތައް ޢަމާޒުވެފައިވާ ކަމަށާއި މިލާއިންސާނީ ޢަމަުތައް ޢަދާލަތު ޕާޓީގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ"ކަމަށެވެ. އަދި "ބައިނަލް އަޤްވާމީ މުޖްތަމައުން މިކމަށް އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާތީ ޕާޓީގެ ފަރާތުން ކަންބޮޑުވުން ފާޅުކުރާ"ކަމަށްވެސް މިބަޔާނުގައިވެއެވެ.
ޢަދާލަތު ޕާޓީގެ ބަޔާނުގައި ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ދުއާ ކޮށްދެއްވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް މި ޕާޓީގެ ފަރާތުން އިލްތިމާސް ކޮށްފައިވެއެވެ. އަދި ދުޢާ ކުރުމުގެ އިތުރުން " ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް"ވެސް ޢަދާލަތު ޕާޓީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަށާފައިވާ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.
Falastheenugai Israel in hingamundhaa laa insaanee qathulaammuthah kuvverikoh Adhaalath Party in nerefaivaa bayaan pic.twitter.com/m8wTqh1XI6
— Adhaalath Party (@AdhaalathOffice) July 11, 2014
ކޮމެންޓް (0)
ލޯޑް ކުރަމުން...