ރާއްޖޭގެ ޚަބަރު އަޑު ހަރުކޮށް ކުރާ ނަމާދުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރުމަށް އަންގައިފި

އަޑު ހަރުކޮށް ކުރާ ނަމާދުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރުމަށް އަންގައިފި

އަޑު ހަރުކޮށް ކުރާ ނަމާދުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ރަހުމަތް ލެއްވުން އެދި ދުއާ ކުރުމަށް އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޑު ހަރުކޮށް ކުރާ ނަމާދުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް ރަހުމަތް ލެއްވުން އެދި ދުއާ ދުއާ ކުރުމަށް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީއިން އަންގައިފިިއެވެ.

މިއަދު ހަވީރު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "އިސްލާމީ ޤައުމަކަށް ދިމާވެފައިވާ މިފަދަ މުސީބާތުގެ ހާލަތުގައި ކިޔުމަށް ޚާއްސަ ދުޢާއެއް ވާ ކަމަށާއި، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ"ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ރަހުމަތް ލެއްވުމަށް އެދި، މުސީބާތުގެ ވަގުތުގައި ކިޔުމަށް ޚާއްސަ ދުޢާ، އަޑުހަރުކޮށް ކިޔަވާ ނަމާދުތަކާއި ތަރާވީޙް ނަމާދަށް ފަހު ކުރާ ވިތުރީގައި އަރަބި ބަހުން ކިޔުމަށް އަންގާފައިވާނެ ކަމަށާއި ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި ހުރިހާ ރަށު ކައުންސިލްތަކަށް ސާރކިއުލާރއެއް ވެސް ފޮނުވާފައިވާނެކަމަށްވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި ހުރިހާ ރަށު ކައުންސިލްތަކަށް ފަލަސްތީނުގެ ރައްޔިތުންނަށް ރަހުމަތް ލެއްވުމަށް އެދި، މުސީބާތުގެ ވަގުތުގައި ކިޔުމަށް ޚާއްސަ ދުޢާ ހިމަނާފައިވާ ސާރކިއުލާރ ފޮނުވާފަ އެވެ.

"ދުނިޔޭގައި ދިމަވާ ދަތިތަކާ މުސީބާތްތަކުން ސަލާމަތް ކޮށްދެއްވުމަށާއި، ކުށްފާފަތަކުން މިންޖު ކޮށްދެއްވުމަށް އެދި ދުޢާކޮށް ވާގި އެދެންޖެހޭ ކަމަށާއި، މާތްﷲ ހަނދުމަކޮށް އެކަލާނގެހަޟްރަތަށް ދުޢާ ކުރުމަކީ މަތިވެރި އަޅުކަމެއް."ކަމަށް އިސްލާމިކް މިނިސްޓަރ ސޮއި ކުރައްވައި ފޮނުވާފައިވާ ސާކިއުލަރގައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.