މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ 1435 ވަނަ އަހަރުގެ ރަމަޟާން މަހުގެ 3ވަނަ އިހްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި އޮންނާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިރޭ 21:30 ގައި އޮންނަ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ އެވެ. މިރޭގެ މައުޟޫއަކީ “އިސްލާމީ މުޖްތަމައޫ ބިނާ ކުރުމުގައި ޒުވާނުންގެ ދައުރު” މިއެވެ.
މިރޭގެ ފޯރަމްގަވެސް ބައިވެރިންނަށް މައުޟޫއާއި ގުޅޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ހަދިޔާވެސް ލިބިލައްވާނެކަމަށް މިނިސްޓްރީއިން ހާމަކުރެއެވެ.
މިރޭގެ ފޯރަމް އަދި ދިއިސްލާމް އިންވެސް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...