ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހުޅުވާ މޯލްޑިވްސް އިސްލާމިކް ބޭންކް އަންނަ މާރޗް މަހު 8 ވަނަ ދުވަހު ހުޅުވާނެކަމަށް އެބޭންކުން ހާމަކޮށްފިއެވެ.
ދާދިފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި އެބެންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ހާރިތް ހާރޫން "އަންނަ މާޗް މަހުގެ ހަތްވަނަ ދުވަހު ބޭންކް ރަސްމީކޮށް ހުޅުވާނެ ކަމަށެވެ. އެދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ބޭންކުގެ ހިދުމަތް ފަށާނީ ޖެހިގެން އަންނަ، އަށް ވަނަ ދުވަހު" ކަމުގައެވެ. އަދި އެބޭފުޅާ ވިދާޅުވިގޮތުގައި "ވޭތުވެ ދިޔަ ދުވަސްތަކުގެތެރޭ ދުނިޔޭގައި އިސްލާމިކް ބޭންކުތައް ހިނގާ ގޮތާއި އެކަމަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް ހިދުމަތް ފަރުމާކުރުމުގެ މަސައްކަތް ކުރިއަށް މި ގެންދެވުނީ. އެގޮތުން މުވައްޒިފުން ވެސް މިހާރު ތަމްރީން ކުރަމުން މިދަނީ. ފަރުދާގެ ފުރަގަހުގަ ވަރަށް ބުރަ މަސައްކަތްތަކެއް ހިނގަމުން ދިޔައީ. ބޭންކުގެ ކަންތައްތައް ވަރަށް ރަނގަޅަށް ކުރިއަށް މިދަނީ. އަހަރުމެން މި ބެންކު ހުޅުވަން ހިޔާރު މިކުރީ އަންނަ މާޗްމަހުގެ އަށްވަނަ ދުވަސް. އެއީ ދިވެހިންނަށް ވަރަށް ހާއްސަ ދުވަހަކަށްވާނެ. އެއީ ރާއްޖެ އިސްލާމްވި ދުވަސް. ބެންކިން ހިދުމަތްތައް ފުރަތަމަ އޮންނާނީ ޖެހިގެން އަންނަ ދުވަހު އެއީ މާޗް އަށްވަނަ ދުވަހު،" ހާރޫން ވިދާޅުވި އެވެ.
އިސްލާމިކް ބެންކުން ހާމަކުރައްވާގުގައި އެބޭންކުގެ ހިދުމަތް ފަށައިގަންނަ އިރު ކަރަންޓް އެކައުންޓާއި ސޭވިންގް އެކައުންޓް އަދި އޭޓީއެމްގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށާއި ވަރަށް އަވަހަށް އިންޓަނެޓްގެ ބެންކިން ވެސް ފަށާނެ ކަމަށެވެ.

















ޚިޔާލު