ދެން ކުރާ ބަޣާވާތުގައި ބަޑި ވެސް ޖަހާނެކަމަށް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވީ "މިހާރު ވެރިކަން ހިންގަމުން އަންނަ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށާއި، އެހެން ނޫން ނަމަ އަނެއްކާ ވެސް ބަޣާވާތް ހިންގާނެ ކަމަށެވެ. އަދި ދެން ކުރާ ބަޣާވާތުގައި ބަޑި ވެސް ޖަހާނެ"ކަމަށެވެ. އަދި "އެއްވެސް ޝައްކެއް ނެތް ރާއްޖޭގައި ބަޣާވާތް ހިނގާނެ. އެއްވެސް ޝައްކެއް ނެތް ރައީސް ޔާމީންގެ ސަރުކާރު ބަޣާވާތަކުން ވެއްޓޭނެ. ވައްޓާލާނެ."ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އެއްވެސް ހާލެއްގައި މި ދަންނަވަނީކީ އަޅުގަނޑުމެން ބަޣާވާތެއް ހިންގާ ވާހަކައެއް ނޫން." ކަމަށް ރައީސް ޔާމީންގެ ސަރުކާރު ބަޣާވާތަކުން ވެއްޓޭނެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...