ޝެއިޚް އަލީ ޒާހިރުގެ ދަރުސްއެއް މޯލްޑިވްސް ބްލަޑް ޑޮނާރސް އިން ބާއްވަން ހަމަޖެހިފައިވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ލޭހަދިޔާ ކުރުމުގެ މަސައްކަތް ފުޅާ ގޮތެއްގައި ކުރަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ "މޯލްޑިވްސް ބްލަޑް ޑޮނާރސް" އިން ހާމަކުރި ގޮތުގައި "ކޮންމެ ލޭ ތިއްކަކީ ހާދަމާތް ޞަދަޤާތެކޭ" މިމައުލޫއަށް ބާއްވާ މިދަރުސްގައި ތަޤްރީރު ކުރައްވާނީ ޝެއިޚް އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކަމަށެވެ. 14 ޖޫން 2014 ވާ ހޮނިހިރު ދުވަހުގެ ރޭ 8:45 ގައި ބާއްވާ މިދަރުސް އޮންނާނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމް ގައެވެ.
މޯލްޑިވްސް ބްލަޑް ޑޮނާރސް އިންތިޒާމް ކުރާ މިދަރުސް އަކީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަރޑީޒް އާއި ގުޅިގެން ބާއްވާ ދަރުސްއެކެވެ. އަދި މިދަރުސް ބޭއްވުމަށް ކުއްލިއްޔާގެ އިތުރުން މޯލްޑިވިއަން ބްލަޑް ސާރވިސްގެ އެހީތެރިކަން ލިބޭ ކަމަށް މޯލްޑިވްސް ބްލަޑް ޑޮނާރސް އިން ހާމަކުރެއެވެ.
އެޖަމިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި މިދަރުސް އަކީ އެޖަމިއްޔާއިން ލޭހަދިޔާ ކުރާ ލޭހަދިޔާ ދުވަސް ފާހަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ އިވެންޓެއް ކަމަށެވެ.
މޯލްޑިވްސް ބްލަޑް ޑޮނާރސް އިން އިންތިޒާމްކުރާ މިދަރުސްއަށް ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ވަޑައިގަތުމަށް އެޖަމިއްޔާއިން އެދެއެވެ.
ފޭސްބުކް ޕޭޖް: މޯލްޑިވްސް ބްލަޑް ޑޮނާރސް
ކޮމެންޓް (0)
ލޯޑް ކުރަމުން...