ރާއްޖޭގެ ޚަބަރު ހުކުރު ނަމާދަށް އަންނަ ގޮތަށް ފަތިސް ނަމާދަށް އަންނަ ދުވަހަކީ ޤައުމު އިޞްލާހުވާ ދުވަސް: ޝައިޚް ސަމީރު

ހުކުރު ނަމާދަށް އަންނަ ގޮތަށް ފަތިސް ނަމާދަށް އަންނަ ދުވަހަކީ ޤައުމު އިޞްލާހުވާ ދުވަސް: ޝައިޚް ސަމީރު

ހުކުރު ނަމާދަށް އަންނަ ގޮތަށް ފަތިސް ނަމާދަށް އަންނަ ދުވަހަކީ ޤައުމު އިޞްލާހުވާ ދުވަސް: ޝައިޚް ސަމީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުކުރު ނަމާދަށްއަންނަގޮތަށް ފަތިސް ނަމާދަށްއަންނަދުވަހަކީ ޤައުމު އިޞްލާހްވާ ދުވަސްކަމަށް ފަލީލަތުއްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު މިގޮތަށް ވިދާޅުވީ ޕީސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ވިލިމާލޭ ފުޓުބޯޅަ ދަނޑުގައި 'ނަބިއްޔާގެ ފަހުގެ ވަސީޔަތް' މިމަޢުލޫއަށް ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ސަމީރު ވިދާޅުވީ ނަމާދު ނުކުރުމަކީ މިޤައުމުގައި އެއްވެސް މީހަކު ކަންބޮޑުވާ ކަމެއް ނޫންކަމަށާއި ނަމާދުނުކޮށްފިނަމަ އަޅާނެ ފިޔަވަޅެއްވެސް ނޯންނަކަމަށް ވިދާޅުވިއެވެ.

"ވަންވޭއެއްގެ އިދިކޮޅަށް ސައިކަލް ދުއްވައިފިއްޔާ ފިޔަވަޅު އަޅާ އެކަމަކު ނަމާދު ނުކޮށްފިއްޔާ އަޅާނެ ފިޔަވަޅެއް ނޯވޭ" ޝައިޚް ސަމީރު ވިދާޅުވިއެވެ.

ޝައިޚް ސަމީރު ވިދާޅުވީ ޤާނޫނުގައިވެސް އޮންނަނީ މިޤާނޫނުގައި ބަޔާންކޮށްފައިނެތް ކުށެއްކޮށްފިނަމަ އެއީ ކުށަކަށް ނުވާނެކަމަށް ލިޔެފައި އޮންނަކަމަށާއި އެހެންކަމުން ނަމާދު ނުކުރުން އެއީ ކުށެއްކަމަށް ނުދެކޭ ކަމަށެވެ.

ރޭގެ މިދަރުސްގައި ޝައިޚް ސަމީރު ވިދާޅުވީ ނަމާދު ނުކުރާ މީހުންނާ ދައުލަތުގެ ފަރަތުން ސުވާލު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ނަމަދު ނުކުރާނަމަ އަދަބު ދޭންޖެހޭނެކަމަށް ވިދާޅުވިއެވެ.

އެގޮތުން ނަމާދު ނުކުރާ މީހުންނަށް ދީނުގައި ކަނޑައަޅުއްވާފައިވާ އަދަބުތައް ޝައިޚް ސަމީރުވަނީ މިސާލުތަކާއެކު ބަޔާންކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.