ރާއްޖޭގެ ޚަބަރު ޝެއިޚް ލުޙައިދާން ޢަރަބިއްޔާ ސްކޫލަށް ޒިޔާރަތްކޮށްފި

ޝެއިޚް ލުޙައިދާން ޢަރަބިއްޔާ ސްކޫލަށް ޒިޔާރަތްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް ލުޙައިދާން ޢަރަބިއްޔާ ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.

ޝެއިޚް މުހައްމަދު ލުޙައިދާން ޢަރަބިއްޔާއަށް ވަޑައިގަތުމުން ޝެއިޚް ލުޙައިދާންއާއި އިސްތިޤުބާލު ކުރެއްވީ ޢަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް ޑރ ޒިޔާދު ބާގިރުއެވެ. ޢަރަބިއްޔާ ސްކޫލަށް ޝެއިޚް ލުޙައިދާން ވަޑައިގެން ޢަރަބިއްޔާގެ ޕްރިންސިޕަލާއި ބައްދަލުކުރައްވާ ޢަރަބިއްޔާ ސްކޫލް ބައްލަވާލައްވާފައިވެއެވެ. އަދި ޢަރަބިއްޔާ ސްކޫލްގެ ކްލާސްތަކާއި ލައިބްރަރީ ބައްލަވާ ލައްވާފައިވެއެވެ.

މެއި 31 އިން ޖޫން 3 އަށް ޝެއިޚް ލުޙައިދާން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ ދަޢުވަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދަނީ ބައްދަލު ކުރަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީ، ކުއްލިއްޔާ، އަދި ޤުރުއާނާއި ބެހޭ މަރުކަޒު ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ޢިލްމުވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

ޝެއިޚް ލުޙައިދާން ރާއްޖެ ވަޑައިގެން ހަރަކާތްތެރިވަނީ ދިއިސްލާމް އޮންލައިން ގެ ފަރާތުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.