ރާއްޖޭގެ ޚަބަރު ޝެއިޚް ލުޙައިދާން ރާއްޖެ ވަޑައިގެންފި

ޝެއިޚް ލުޙައިދާން ރާއްޖެ ވަޑައިގެންފި

ޝެއިޚް ލުޙައިދާން ރާއްޖެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝެއިޚް ލުޙައިދާން ރާއްޖެ ވަޑައިގެންފިއެވެ.

ސަޢުދީގެ ޢިލްމުވެރިޔާ އަދި ޤާރީ ޝެއިޚު އަލްޤާރީ މުހައްމަދު ލުހައިދާންގެ ރާއްޖެ ވަޑައިގެންފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ދިއިސްލާމްއާއި ގިނަ ޖަމިއްޔާތަކެއް ގުޅިގެން ޝެއިޚް ލުޙައިދާން ރާއްޖޭގައި ހޭދަކުރާ ދުވަސްކޮޅުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖެއަށް ކުރައްވާ ދަތުރުގައި މާލޭގައި ބާއްވާ ބޮޑު ދަރުސް ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ ޕީސް ފައުންޑޭޝަނުންނެވެ.

ދަތުރާއި ބެހޭ ގޮތުން ދިއިސްލާމްގެ އިވެންޓް މެނޭޖާރ އިބްރާހިމް ރަމީޒް ވިދާޅުވީ ޝެއިޚް ލުހައިދާން ރާއްޖެ ކުރައްވާ ދަތުރުގައި ތަފާތު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި ޝެއިޚް އަކީ ރީތިކޮށް ޤުރުއާން ކިޔަވާ ވިދާޅުވާ ބޭފުޅެއްކަމުގައިވީތީ ގިނަ ކަންކަން އަމާޒު ކުރަމުންދާނީ ޤުރުއާނާއި ގުޅުން ހުރި ކަންކަމުގައިކަމަށެވެ.

ޝެއިޚު އަލްޤާރީ މުހައްމަދު ލުހައިދާން ރާއްޖެ ހޭދަކުރައްވާނީ 3 ޖޫން ގެ ނިޔަލަށެވެ. ޝެއިޚް ލުޙައިދާން އާއި އެކު އެބޭފުޅާގެ އެހީތެރިޔާގެ އިތުރުން ހިޖާމާ ޖެހުމުގެ ސްޕެލިސްޓެއްވެސް ރާއްޖެ ވަޑައިގެންފައިވެއެވެ.

ޝެއިޚް ލުޙައިދާން އާއި ޑރ. ޢަބްދުލް ޢަޒީޒް ޢަބްދުލް ޙައްޔު

ޝެއިޚް ލުޙައިދާން އާއި ޑރ. ޢަބްދުލް ޢަޒީޒް ޢަބްދުލް ޙައްޔު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.