ދިވެހި މުޖުތަމަޢުގައި ބަނގުރާ އާޢްމުވުން ހުއްޓުވޭނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންކަމަށް ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް މިހެންވިދާޅުވީ ރޭ ރިސޯޓަކަށް ގެންދިއުމުގެ ނަމުގައި ބޮންޑެޑު ވެއަރހައުސްއިން ނެރެގެން މާލެގެނައުމަށްޓަކައި 20 ކޭސް ބަނގުރާ ބަންދުކުރަން ކަނޑުމަތީގައި ތިބި ހާދިސާއަށް އިޝާރާތްކޮށް ފޭސްޕޭޖުގައި ޢާއްމުކޮށްފައިވާ ކުރު ސްޓޭޓުމެންޓެއްގައެވެ.
ފުލުހުންވަނީ ކަނޑުމަތިން މިބަނގުރާ ކޭސް އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފައެވެ.
ސަރުކާރު ކޯލިޝަންގައި ރަސްމީ ގޮތުން ބައިވެރިނުވާ ޢަދާލަތު ޕާޓީގެ ރައީސް މިހެންވިދާޅުވިއރު ފަތުރުވެރިކަމާބެހޭ ވަޒީރު އަޙްމަދު އަދީބު މިދިޔައހަރު ވިދާޅުވެފައިވަނީ ބަނގުރާ ރާއްޖެ އެތެރެކުރުން ހުއްޓާލައިފިނަމަ ރާއްޖޭގެ އިޤްތިޞާދަށް ފޫނުބެދޭވަރުގެ ގެއްލުމެއް ލިބޭނެކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...