ރާއްޖޭގެ ޚަބަރު ޖަމިއްޔަތުއް ސަލަފުން އެއާރކޯން އެންޑް ރެފްރިޖެރޭޝަން ވޯކްޝޮޕްއެއް ބާއްވައިފި

ޖަމިއްޔަތުއް ސަލަފުން އެއާރކޯން އެންޑް ރެފްރިޖެރޭޝަން ވޯކްޝޮޕްއެއް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމިއްޔަތުއް ސަލަފުން އެއާރކޯން އެންޑް ރެފްރިޖެރޭޝަން ވޯކްޝޮޕްއެއް ބާއްވައިފިއެވެ.

ޖަމިއްޔަތުއްސަލަފް އިން ދ. އަތޮޅުގައި ކުރިއަށް ގެންދާ "ރިޙްލާ"ގެ ހަރަކާތުގެ ތެރެއިން އެއާރކޯން އެންޑް ރެފްރިޖެރޭޝަން ވޯކްޝޮޕް ބާއްވާފައިވަނީ ރިނބުދޫ އާއި ކުޑަހުވަދޫގައެވެ. ރިޙްލާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި ރިނބުދޫގައި މިވޯކްޝޮޕް ބޭއްވި އިއްޔެ ކަމަށާއި ޖުމްލަ 20 ދަރިވަރުން ބައިވެރިވިކަމަށެވެ. އަދި ކުޑަހުވަދޫގައި 23 ދަރިވަރުން ބައިވެރިވިއިރު ވޯކްޝޮޕް ބޭއްވި މިއަދު ކަމަށެވެ.

އެއާރކޯން އެންޑް ރެފްރިޖެރޭޝަން ވޯކްޝޮޕް ގައި ކިޔަވައި ދެއްވީ އަލްފާޟިލް އިބްރާހިމް އާދަމްއެވެ. މިވޯކްޝޮޕްގައި ކިޔަވައި ދެވުނީ އެއާރކޯން އިންސްޓޯލް ކުރުމާއި އެއާރކޯން މަރާމާތު ކޮށްދޭނެ ގޮތެވެ. އަދި އައިސް އަލަމާރި އަށް ދިމާވާ މައްސަލަތައް ހައްލު ކުރާނެ ގޮތްތައް އަމަލީ ގޮތުން ދަސްކޮށްދީފައިވެއެވެ. މިވޯކްޝޮޕްގައި އަމަލީ ތަޖުރިބާ ހާސިލްކުރުމުގެ ގޮތުން ދަރިވަރުން ލައްވާ މަސައްކަތް ކުރުވާފައިވާނެކަމަށް ކޯހުގައި ކިޔަވައި ދެއްވި އިބްރާހިމް އާދަމް ވިދާޅުވިއެވެ.

މިވޯރކްސޮޕް އަށް ރިނބުދޫ އިންނާއި ކުޑަހުވަދޫއިން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ޓެގް

ރިހްލާ 2014

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.