ކަށު ކަމާކެމީގެ ވޯކްޝޮޕެއް ދ. ރިނބިދޫ އާއި ދ. ބަނޑިދޫގައި ބާއްވައިފިއެވެ.
ޖަމްޢިއްޔަތުއް ސަލަފް އިން ކުރިއަށް ގެންދާ “ރިޙްލާ” ގެ ހަރަކާތުގެ ތެރެއިން ދ. ބަނޑިދޫގައި ކަށު ކަމާކެމީގެ ވޯކްޝޮޕް ބާއްވާފައިވަނީ އިއްޔެ ހެނދުނު 8:00 އިން 11:30 އަށެވެ. އަދި ދ. ރިނބިދޫގައި ކަށު ކަމާކެމީގެ ވޯކްޝޮޕް ބާއްވާފައިވަނީ ހަވިރު 4:00 އިން 7:00 އަށެވެ.
މިދެ ރަށުގައިވެސް ވޯކްޝޮޕްގައި ކިޔަވައިދެއްވީ ޝެއިޚް އަހްމަދު ސަލީމް ހުސެއިން އާއި ޝެއިޚް އަހްމަދު ސަމީރު އަދި ޝެއިޚް މުހައްމަދު ޝިނާންއެވެ.
ކަށުކަމާ ކެމީގެ ވޯކްޝޮޕްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި މައްޔިތާ ހިނާނެގޮތް، ކަފުންކުރާނެ ގޮތް، މައްޔިތާގެ މައްޗަށް ކަށު ނަމާދު ކުރާނެ ގޮތް އަދި މައްޔިތާ ވަޅުލުމާއި ބެހޭ މައުލޫމާތު ބައިވެރިންނަށް ހިއްސާކޮށްފައިވެއެވެ. އަދި މީގެ އިތުރުން މީހެއްގެ ގުނަވަނެއް ފެނިއްޖެނަމަ ހަދާނެގޮތް، ބައިގެންދާ ކުއްޖާއާއި މެދު ކަންތައް ކުރާނެ ގޮތް، ވަޅުލުމުގައި އިސްވެ ހުންނާނީ ކާކު؟ އަދި އެއްވަޅުގައި އެކަކަށް ވުރެ ގިނަ މީހުން ވަޅުލުމާއި ބެހޭ ގޮތުން ވޯކްޝޮޕްގައި އަލިއަޅުވާލާފައިވެއެވެ.
ކަށުކަމާއި ކެމީގެ ވޯކްޝޮޕްގައި ދ. ބަނޑިދޫ އިން ޖުމްލަ 32 މީހުން ބައިވެފައިވާއިރު ދ. ރިނބިދޫ އިން ޖުމްލަ 19 މީހުން ބައިވެރިވެފައިވެއެވެ.
ޖަމްޢިއްޔަތުން ސަލަފުން ކުރިއަށް ގެންދިޔަ ކަށުކަމާއި ކެމީގެ ވޯކްޝޮޕްގައި އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...