ދ. ކުޑަހުވަދޫ އިން: އަލީ އަހްސަން
ރިޙްލާގެ ހަރަކާތްތަކަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުމެއް ދޭނެކަމަށް ދ ކުޑަހުވަދޫ ކައުންސިލް ރައީސް ވިދާޅުވެއްޖެއެވެ.
މިރޭ ކުޑަހުވަދޫ ކައުންސިލް އާއި ޖަމްޢިއްޔަތުއްސަލަފް އާއި އެކު ބޭއްވި ބައްދަލުވުމުގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް ވިދާޅުވީ ރިޙްލާ އިވެންޓް ބޭއްވުމަށް ކުޑަހުވަދޫ ހިޔާރު ކުރީތީ ޝުކުރު ދަންނަވާ ކަމަށާއި ރިޙްލާގެ ހަރަކާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
"ތިޔަބޭފުޅުން ކުޑަހުވަދޫ ހިޔާރު ކުރީތީ ޝުކުރު ދަންނަވަން. މިހަރަކާތަށް ކައުންސިލްގެ މުއައްޒަފުންނާއި ކައުންސިލްގެ ވަސީލަތްތައް ބޭނުން ކުރެވޭނެ. އެހެންކަމުން މިކަމަށް އަޅުގަނޑުމެންގެ އެހީތެރިކަން ލިބޭނެކަމުގައި ޔަގީންކަން ދެން." ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ވަރަށް ބޭނުންތެރި ހަރަކާތްތަކެއް ހިމެނޭ ކަމަށެވެ. ހާއްސަކޮށް ކަށުކަމާއި ކެމީގެ ކަންކަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ހަރަކާތަކީ މިރަށަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ކަމެއް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...