މަރުގެ ހުކުމް ތަންފީޒުކުރުމާއި ބެހޭ ޤަވައިދު ސަރުކާރުން ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
"ގަސްތުގައި މީހަކު މެރުމުގެ ކުށް ތަޙުޤީޤުކުރުމުގައާއި އެކުށުގެ އަދަބު ތަންފީޛުކުރުމުގައި ޢަމަލުކުރަންވީގޮތުގެ ގަވާއިދު" ގެ ނަމުގައި އާންމު ކުރި މިޤަވައިދުގެ ދަށުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ލީތަލް އިންޖެކްޝަން ބޭނުން ކޮށްގެންނެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ "ގެޒެޓްކޮށް އަމަލު ކުރަން ފެށި ގަވާއިދުގެ ދަށުން މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ގަސްތުގައި މީހުން މަރާ މައްސަލަތަކުގައި" ކަމަށާއި "މިގަވާއިދު ގެޒެޓު ކުރެވުމުންވެސް ކުށް ކުރާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ" ކަމަށެވެ. "ނަމަވެސް މިކަމުގެ ފުރިހަމަ އަސަރެއް ކުރާނީ، ހުކުމެއް ތަންފީޒު ކުރެވުމުން" ކަމަށްވެސް ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވިއެވެ.
އާންމު ކުރި ގަވާއިދުގައިވާ ގޮތުން ކޯޓް މަރުހަލާ ނިމުމަށް ފަހު އެ ހުކުމެއް ތަންފީޒު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަރެކްޝަނަލް ސާވިސްއަށް އަންގާވާތާ ހަތް ދުވަހުގެ ތެރޭގައި އެ ހުކުމް ތަންފީޒު ކުރަން ޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...